ކްލިކް ކޮލެޖުން 170 ދަރިވަރުން ދަސްވެނިވެއްޖެ

ކްލިކް ކޮލެޖުގެ މި ހިނގާ 2025 ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު މިދިޔަ މަހުގެ 30 ވަނަ ދުވަހު އިސްލާމިކް ސެންޓަރުގައި ކުރިއަށް ގެންގޮސްފިއެވެ.

ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މަތީ ތަޢުލީމީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. އަބްދުﷲ ނަޒީރެވެ.

މި ރަސްމިއްޔާތުގައި ދަސްވެނިވުނު ދަރިވަރުން ފުރިހަމަ ކުރި ޕްރޮގްރާމްތަކުގެ ތެރޭގައި ޔޫކޭ، މެލޭޝިއާ އަދި ކްލިކް ކޮލެޖުގެ އަމިއްލަ ޕްރޮގްރާމްތައް ހިމެނެއެވެ. އެގޮތުން ސީޓީއެޗް، އޭބީއީ އަދި އޭސީސީއޭގެ ޔޫކޭ ޕްރޮގްރާމްތަކާއި، މެލޭޝިއާގެ ސެގީ ޔުނިވަރސިޓީގެ ބެޗްލަރ އޮފް ބިޒްނަސް މެނޭޖްމަންޓް (އޮނަރސް) ޕްރޮގްރާމް ހިމެނެއެވެ.

ކްލިކް ކޮލެޖުގެ އަމިއްލަ ޕްރޮގްރާމްތަކުގެ ތެރެއިން ފައުންޑޭޝަން ސްޓަޑީޒް އިން ފެށިގެން ބެޗްލަރ ޑިގްރީ ފެންވަރުގެ ޕްރޮގްރާމްތަކުން ދަރިވަރުން ވަނީ ދަސްވެނިވެފައެވެ. މީގެ ތެރޭގައި ބިޒްނަސް މެނޭޖްމަންޓް، ކްރިމިނޮލޮޖީ، ސްޕޯޓްސް އެންޑް އެކްސަރސައިޒް އަދި ކޮމްޕިއުޓަރ ސައިންސްގެ ދާއިރާތަކުން ކިޔަވާ ނިންމި ދަރިވަރުން ހިމެނެއެވެ.

އެކި ކެޓަގަރީތަކުން ޖުމްލަ 7 އެވޯޑެއް ދިނެވެ. އެގޮތުން އެޗީވްމަންޓް އެވޯޑު، ޕްރެޒިޑެންޓްސް ރޯލް އޮފް އެކްސެލެންސް، އޭބީއީ ޓޮޕް ޕޭޕަރ ޕްރައިޒް، އައުޓްސްޓޭންޑިންގ ސްޓޫޑެންޓް ކޮންޓްރިބިއުޝަން އެވޯޑު، ސްޓޫޑެންޓް ލީޑަރޝިޕް އެވޯޑު، އެކްސެލެންސް އިން ޓީޗިންގ އެވޯޑު އަދި ޢަލީ އާދަމް މަނިކު އެވޯޑު ހިމެނެއެވެ. އެޗީވްމަންޓް އެވޯޑަކީ ފައުންޑޭޝަން ސްޓަޑީޒް، ޑިޕްލޮމާ އަދި ބެޗްލަރސް ޑިގްރީ ޕްރޮގްރާމްތަކުން އެންމެ މޮޅު ނަތީޖާ ހޯދި 13 ދަރިވަރަކަށް ދެވުނު ޚާއްސަ އެވޯޑެކެވެ.

މެލޭޝިއާގެ ސެގީ ޔުނިވަރސިޓީއާ ގުޅިގެން ކްލިކް ކޮލެޖުގެ ޖުލައި އިންޓޭކަށް މިހާރު ވަނީ ހުޅުވާލާފައެވެ. އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 15 ޖުލައި 2025 އެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *