އިސްކަންދަރު ސްކޫލުގެ ދަރިވަރުންނަށް ރައްކާތެރިކަމާއެކު އިންޓަރނެޓް ބޭނުންކުރާނެ ގޮތުގެ މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ކުރިއަށް ގެންގޮސްފިއެވެ.
މި ސެޝަންތަކުގައި އެސްކޫލުގެ ޖުމްލަ 795 ދަރިވަރުން ބައިވެރިވެފައިވެއެވެ.
މިދިޔަ ޖޫން މަހުގެ 30 އިން ޖުލައި 3 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ސެޝަންތަކަކީ އެސްކޫލާއި ގަލޮޅު ޕޮލިސް ނެއިބަރހުޑް ޕޮލިސް އާއި ސައިބަރ ކްރައިމް ސެންޓަރާ ގުޅިގެން ކުރިއަށް ގެންދިޔަ ސެޝަންތަކެކެވެ.އިސްކަންދަރު ސްކޫލުގެ ގްރޭޑް 7 އިން 10 ގައި ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުންނަށް މައުލޫމާތު ދިނުމަށް ކުރިއަށް ގެންދިޔަ މި ސެޝަންތަކުގައި ސައިބަރ ކުށްތަކުގެ ޝިކާރައަކަށް ވިޔަނުދިނުމަށްޓަކައި އަޅަންޖެހޭ މުހިންމު ފިޔަވަޅުތަކާ ރައްކާތެރިކަމާއެކު އިންޓަރނެޓް ބޭނުންކުރާނެ ގޮތުގެ މައުލޫމާތު ދީފައިވެއެވެ. އެގޮތުން އޮންލައިން ގޭމްތަކުގައި ދުރުހެލިވާންވީ ކަންކަމާއި ސޯޝަލް މީޑިއާގައި ދަރިވަރުން ކުރާކަން ބެލެނިވެރިންނާ ހިއްސާކުރުމުގެ މުހިންމު ކަމާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ.
ހިޔާލު