އަތޮޅު ޤުރުއާން މުބާރާތުން ހިރިލަންދޫ ސްކޫލާއި އެ ސްކޫލުގެ ދަރިވަރުން ހޯދީ އާދަޔާޚިލާފު ބޮޑު ކާމިޔާބީއެއް

މުބާރާތުން އެއްވަނަ ސްކޫލަކަށް ހޮވުނުއިރު، މުޅި މުބާރާތުން އެއްވަނަ އާއި ދެވަނައިގައިގެ އިތުރުން ތިންވަނަ ލިބުނީ ވެސް އެ ސްކޫލުގެ ދަރިވަރުންނަށް

ކޮޅުމަޑުލު އަތޮޅު ކައުންސިލުގެ 10 ވަނަ ޤުރުއާން މުބާރާތުން ހިރިލަންދޫ ސްކޫލުން އާދަޔާ ޚިލާފު ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ. މުޅި މުބާރާތުން އެއްވަނަ ހޯދުމުގެ އިތުރަށް، އެ މުބާރާތުގެ އެއްވަނަ އާއި ދެވަނަ އަދި ތިންވަނަ ހޯދީ ވެސް އެ ސްކޫލުގެ ދަރިވަރުންނެވެ. މި މުބާރާތުގެ ވަނަތަކަށް ބަލާއިރު އެ ސްކޫލަށް ނުލިބި ދިޔައީ ހިތުން ކިޔެވުމުގެ ބައިން ދެވަނައެވެ.

ހިރިލަންދޫ ސްކޫލަށް ލިބުނު މުހިންމު ވަނަތައް:

  • މުޅި މުބާރާތުން އެއްވަނަ: މުޙައްމަދު އަރުހަމް ބިން އިބްރާޙިމް ޝިހާމް (ގުރޭޑް10)
  • މުޅި މުބާރާތުން ދެވަނަ: ނީމް ބިންތު ޢަބްދުލް ޙައްނާން (ގުރޭޑް3)
  • މުޅި މުބާރާތުން ތިންވަނަ: އަޒްހާ ބިންތު އަޙްމަދު ޝަމްޢޫން (ގުރޭޑް3)

ބަލައިގެން ކިޔެވުމުގެ ގޮފި

  • އެއްވަނަ: މުޙައްމަދު އަރުހަމް ބިން އިބްރާހީމް ޝިހާމް (ގުރޭޑް 10)
  • ދެވަނަ: އަޒްހާ ބިންތު އަޙްމަދު ޝަމްޢޫން (ގުރޭޑް3)
  • ތިންވަނަ: އައިޝަތު އީވާ ބިންތު އިމްތިޔާޒު

ހިތުން ކިޔެވުމުގެ ގޮފި

  • އެއްވަނަ: ނީމް ބިންތު ޢަބްދުލް ޙަންނާން (ގުރޭޑް3)
  • ތިންވަނަ: އިބްރާހިމް އަސްވާން (ގުރޭޑް9)

138 ދަރިވަރުން ބައިވެރިވި މި މުބާރާތުގެ ކީ ސްޓޭޖްތަކުން ވެސް ގިނަ ވަނަތަކެއް ހިރިލަންދޫ ސްކޫލުގެ ދަރިވަރުން ހޯދާފައިވެއެވެ.

ކޮޅުމަޑުލު އަތޮޅު ކައުންސިލު ޤުރްއާން މުބާރާތުން ހިރިލަންދޫ ސްކޫލުގެ ދަރިވަރުން ބޮޑު ކާމިޔާބެއް ހޯދުމުން އެރަށު ރައްޔިތުން އެ ދަރިވަރުންނަށް ހޫނު މަރުހާބާއެއް ކިޔާފައިވެއެވެ.

ހިރިލަންދޫ ސްކޫލުގެ ޕްރިންސިޕަލް އަޙްމަދު ޝައްމޫން ވިދާޅުވީ، މިއީ އާދަޔާޚިލާފު ކާމިޔާބީއެއް ކަމަށާއި މިއީ އެ ސްކޫލާއި ރަށަށް ލިބުނު ބޮޑު ފަޚުރެއް ކަމަށެވެ. އެފަދަ ކާމިޔާބީއެއް ހޯދުނުނީ ރަށު ކައުންސިލުން އެކުލަވާލާފައިވާ މަގުޗާޓާ އެއްގޮތަށް ގިނަ ފަރާތްތަކެއްގެ ބުރަ މަސައްކަތާއެކު ކަމަށެވެ.

"މުބާރާތަށް ދުރާލާ ތައްޔާރުވިން. ރަށު ކައުންސިލާއި ރަށުގައި މަސައްކަތް ކުރާ ޖަމްޢިއްޔަތުލް އިންތިބާހްގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނު. މިއީ ދަރިވަރުންނާއި ބެލެނިވެރިން ހިމެނޭހެން ގިނަ ބައެއްގެ ބުރަ މަސައްކަތް. މުބާރާތަށް ދިޔައިރުވެސް ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމަށް އުއްމީދު ކުރެވުނު ނަމަވެސް މި ވަރުގެ ކާމިޔާބެއް ލިބޭނެ ކަމަށް އުއްމީދެއް ނުކުރަން" ޝައްމޫން ވިދާޅުވިއެވެ.

"ކާމިޔާބީގެ ފަހަތުގައި ވަނީ އިފާޝާ މިސް އާއި މިސްގެ ޓީމުގައި ހިމެނޭ ޝައިހާނާ މިސް އާއި، ޝިފްރާ މިސް އަދި ފަައިހާ އާންޓީ މެދު ކެނޑުމެެއް ނެތި ކޮށްދެއްވި ބުރަ މަސައްކަތް"

އަދި ކައުންސިލްގެ ރައީސް ގެ ރޭވުން ފުރިހަމަ ކަމާއި ރައީސް މިކަމަށް ދެއްވި އަހަންމިއްޔަތުކަމާއި މި ކާމިޔާބީގެ މައިގަނޑު ޓީމްގެ ލީޑަރަކީ ކައުންސިލްގެ ރައީސް މުޙައްމަދު ޖަލާލްކަން ވެސް ޝައްމޫން ފާހަގަކުރެއްވިއެވެ.

ހިރިލަންދޫ ކައުންސިލްގެ ރައީސް މުޙައްމަދު ޖަލާލު ވިދާޅުވީ، އަތޮޅު ޤުރުއާން މުބާރާތުން ލިބުނު ބޮޑު ކާމިޔާބަކީ ދުރާލާ ތައްޔާރު ވުމުގެ ނަތީޖާ ކަަމަށާއި ކައުންސިލުން ބޭނުންވީ ކުރިން ނުލިބޭ ފަދަ ކާމިޔާބެއް ހޯދަން ކަަމަށާއި އެކަން ކާމިޔާބު ކުރުމުގައި އިފާޝާ މިސްގެ ދައުރު ވަަރަށް ބޮޑު ކަމަށެވެ.

ޖަލާލު ވިދާޅުވީ، ކައުންސިލުން އެކުލަވާލި މަގުޗާޓާ އެއްގޮތަށް ރަށުން ބޭރުން ޓީޗަރުން ގެނެސް ކުރި މަސައްކަތުގެ ނަތީޖާ ފެނުމުން އުފާވާ ކަމަށާއި އަންނަ އަހަރުގެ މުބާރާތަށް ވެސް ދުރާލާ ތައްޔާރު ވުމަށް ކުރަން ޖެހޭ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.

"އަތޮޅު މުބާރާތުން ވަނަތައް ލިބުނަސް އެންމެ ބޭނުންވާ ހިސާބަށް މީގެ ކުރިން ނުދެވޭ. އެހެންވެ ކައުންސިލުގެ އިސްނެގުމާއެކު ސްކޫލާ ގުޅިގެން، ޚާއްޞަކޮށް އިފާޝާ މިސްކޮށް ހުންނަވައިގެން މަސައްކަތް ފެށީ. މިއީ ފެށުމެއް މި ކާމިޔާބީ ދަމަހައްޓަން ކުރިއަށް އޮތް ތަނުގައި މާ ބުރަކޮށް މަސައްކަތް ކުރާނަން" ޖަލާލު ވިދާޅުވިއެވެ.

ކޮޅުމަޑުލު އަތޮޅު ކައުންސިލު ޤުރްއާން މުބާރާތ އިންތިޒާމް ކުރީ ވިލުފުށީ ކައުންސިލުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *