ފަލާޙް ރަންޔޫބީލް ޤުރުއާން މުބާރާތުން އެއްވަނަ އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުން ހޯދައިފިއެވެ. މުޅި މުބާރާތުން އެއްވަނަ ދަރިވަރަކީ އެ ސްކޫލުގެ އުވައިސް ބިން އިނާސްއެވެ. މި މުބާރާތުގެ ހިތުން ކިޔެވުމުގެ ބައިން އެއްވަނަ ލިބުނީ ވެސް އަހްމަދިއްޔާ ސްކޫލަށެވެ.
މި މުބާރާތުން 2ވަނަ ހޯދީ ޢަރަބިއްޔާ ސްކޫލުންނެވެ. 3ވަނަ ހޯދީ ތާޖުއްދީން ސްކޫލުންނެވެ. މުޅި މުބާރާތުން ދެވަނަ ހޯދި ދަރިވަރަކީ އަމީނިއްޔާ ސްކޫލުގެ މުޙައްމަދު ހަނޫން ހުސައިނެވެ. ތިންވަނަ ދެ ދަރިވަރުންނަށް ލިބުނެވެ. އެއީ ކަލާފާނު ސްކޫލުގެ އާއިޝަތު ޒީވާ މުޙައްމަދު ޒިޔާދު އާއި ޢަރަބިއްޔާ ސްކޫލުގެ އަބްދުލް ﷲ ބިން އިމްޖާދެވެ.
ބަލައިގެން ކިޔެވުމުގެ ބައިން އެއްވަނަ ހޯދީ ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުންނެވެ. ދެވަނަ ލިބުނީ ޢަރަބިއްޔާ ސްކޫލަށެވެ. ތިންވަނަ ލިބުނީ ހުރަވީ ސްކޫލަށެވެ. ހިތުން ކިޔެވުމުގެ ބައިން ދެވަނަ ލިބުނީ ޢަރަބިއްޔާ ސްކޫލަށެވެ. ތިންވަނަ ލިބުނީ ތާޖުއްދީން ސްކޫލަށެވެ.
ޖަމުޢިއްޔަތުލް ފަލާޙްގެ ކީރިތި ޤުރުއާން ކިޔެވުމުގެ ރަންޔޫބީލް މުބާރާތުގެ އިނާމު ދިނުމުގެ ރަސްމިއްޔާތު، ޝަރަފުވެރިކޮށް ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
މިރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި މި ރަސްމިއްޔާތުގައި، މުބާރާތުން އެންމެ މުހިންމު ވަނަތަކަށް ރައީސް މުޢިއްޒު ވަނީ އިނާމް ހަވާލުކޮށްދެއްވާފައެވެ.
ހިޔާލު