ބ. އޭއީސީން އެއްވަނަ ޝަހާ އާއި މަނޫން

ބ. އަތޮޅު މަދަރުސާއިން އެއްވަނަ ދަރިވަރުންގެ ގޮތުގައި ހޮވުނީ، ޝަހާ ޝައްމޫން އާއި މުހައްމަދު މަނޫން ފާއިޒެވެ. ސާނަވީން އެއްވަނަ ލިބުނީ ޝާހާއަށެވެ. މަތީ ސާނަވީން އެއްވަނަ ލިބުނީ މަނޫނަށެވެ.

ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ބ. އޭއީސީގެ އަހަރީ އިނާމް ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށް ދެއްވީ، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު ހިދުމަތްތަކާ ބެހޭ މިނިސްޓަރު އާދަމް ޝަރީފް އުމަރެވެ.

ސާނަވީން 1ވަނަ ހޯދި ޝަހާ ވަނީ، ހަ މާއްދާއިން އޭ ސްޓާ، ހޯދައިގެން ގައުމީ ގަދަ ދިހައެއްގެ 3ވަނަ ހޯދާފައެވެ. ގުރޭޑް 11ގައި ކިޔަވަމުން އަންނަ ޝަހާއަކީ އެ ސްކޫލުގެ މިހާރުގެ ކެޕްޓަނެވެ.

މަތީ ސާނަވީ އިން އެއްވަނަ ހޯދި މަނޫން، މަތީ ސާނަވީ ނިންމާ އިމްތިޙާނު ތަކުން އެއްވަނަ ހޯދުމާއެކު، ރައީސްގެ ހާއްސަ ސްކޯލާޝިޕް ވެސް ހޯދާފައިވެއެވެ. އަބަދުވެސް ކިޔަވަން އިސްކަންދޭ މަނޫނަކީ ސާނަވީ ނިންމިއިރު، އެ ސްކޫލުގެ އެންމެ މޮޅު ދަރިވަރު ވެސް މެއެވެ.

ސާނަވީއާއި މަތީ ސާނަވީގައިވެސް ބ. އޭއީސީން އަންނަނީ ރަނގަޅު ނަތީޖާއެއް ހޯދަމުންނެވެ. ފާއިތުވި އަހަރު، ސާނަވީގެ ގަދަ 10ގައި އެ ސްކޫލުގެ 11 ދަރިވަރުން ހިމެނިފައިވެއެވެ. މަތީ ސާނަވީގެ ގަދަ ދިހައެއްގައި އެ ސްކޫލުގެ 9 ދަރިވަރުން ހިމެނިފައިވެއެވެ.

މަތީ ސާނަވީ ނިންމާ އިންތިޙާބުތަކުން އެއްވަނަ ހޯދި 11 ދަރިވަރުންގެ ތެރޭގައި އެ ސްކޫލުގެ ދެ ދަރިވަރުން ހިމެނިފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *