މި އަހަރުގެ މޭ މަހު ބޭއްވި، ޗައިނާ ބަހުގެ ފެންވަރު ވަޒަންކުރުމުގެ އެޗް.އެސް.ކޭ އަދި ވައި.ސީ.ޓީ އިމްތިޙާނުތަކުގައި ވިލާ ކޮލެޖުގެ ޗައިނީޒް ލޭންގުއޭޖް ސެންޓަރުގައި ކިޔަވާ ދަރިވަރުން ބައިވެރިވެ ފަޚުރުވެރި ނަތީޖާތަކެއް ހޯދައިފިއެވެ.
އެޗް.އެސް.ކޭ ލެވެލް 1، 2، 3 އަދި ވާހަކަދެއްކުމުގެ އެޗް.އެސް.ކޭ.ކޭ ލެވެލް 1 ގެ އިމްތިޙާނުގައި ބައިވެރިވި 21 ދަރިވަރުންގެ ތެރެއިން، 20 ދަރިވަރަކު ވަނީ ފާސްވެފައެވެ. މީގެ އިތުރުން ކުޑަކުދިންނަށް ޚާއްޞަ ޗައިނާ ބަހުގެ ވައި.ސީ.ޓީ އިމްތިޙާނުގައި ބައިވެރިވި ހުރިހާ ދަރިވަރުން ވެސް ވަނީ ފާސްވެފައެވެ. 2025ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން، ޗައިނީޒް ލޭންގުއޭޖް ސެންޓަރުން ވަނީ އެޗް.އެސް.ކޭ/އެޗް.އެސް.ކޭ.ކޭ އަދި ވައި.ސީ.ޓީ އިމްތިޙާނުގެ ދެ ބުރެއް ރަސްމީކޮށް ބާއްވާފައެވެ. މިހާތަނަށް 50 އަށް ވުރެ ގިނަ ދަރިވަރުން ވަނީ މި އިމްތިޙާނުތަކުން ފާސްވެފައެވެ.
އެޗް.އެސް.ކޭ ނުވަތަ ވައި.ސީ.ޓީ އިމްތިޙާން ހަދައިގެން ދަރިވަރުންނަށް ލިބޭނެ ފައިދާތަކަކީ ކޮބާ؟
- އިތުރު ތަޢުލީމާއި ސްކޮލަރޝިޕް: އެޗް.އެސް.ކޭ ސެޓްފިކެޓަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަތީ ތަޢުލީމުގެ ފުރުޞަތުތަކަށާއި ސްކޮލަރޝިޕްތަކަށް އެދި ހުށަހެޅުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ބަލައިގަންނަ، އަގުހުރި ސެޓްފިކެޓެކެވެ.
- ވަޒީފާގެ މައިދާނުގައި ކުރިއެރުން: ފަތުރުވެރިކަން، ހޮސްޕިޓަލިޓީ، ޞިއްޙީ ޚިދުމަތް އަދި ވިޔަފާރީގެ ދާއިރާ ފަދަ ރާއްޖޭގެ މުހިންމު ސިނާޢަތްތަކުގައި ވަޒީފާގެ ފުރުޞަތުތައް ފަހިވެ، ކުރިއެރުމަށް މަގު ހުޅުވިގެންދެއެވެ.
- އަމިއްލަ ހުނަރާއި އިތުބާރު: ޗައިނާ ބަސް ދަސްކުރުމަށް ހިތްވަރު ލިބި، އިތުބާރާއިއެކު ޗައިނާ ބަހުން ވާހަކަ ދެއްކުމަށް މި ކޯހުން މަގުފަހިކޮށްދެއެވެ.
ވިލާ ކޮލެޖުގެ ޗައިނީޒް ލޭންގުއޭޖް ސެންޓަރުން ހިންގާ ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް، ކޮލެޖުގެ ވެބްސައިޓް www.villacollege.edu.mv މެދުވެރިކޮށް އޮންލައިންކޮށް ފަސޭހަކަމާއެކު ފޯމު ހުށަހެޅޭނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ހޮޓްލައިން ނަންބަރު 3303200 އަށް ގުޅުއްވުމުން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
ހިޔާލު