އިރުޝާދިއްޔާ ސްކޫލާއި މަރަދޫ ސްކޫލުގެ 300 ދަރިވަރުންނަށް ފަތަން ދަސްކޮށްދެނީ

އައްޑޫ އިރުޝާދިއްޔާ ސުކޫލާއި މަރަދޫ ސުކޫލުން ޖުމްލަ 303 ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދަނީ އައްޑޫ ޕޮލިހުން އިސްނަގައިގެން ސްވިމިން އެސޯސިއޭޝަނާއި ސްޕޯޓްސް މިނިސްޓްރީ ގުޅިގެންނެވެ. ފަތަން ދަސްކޮށްދިނުމުގައި އިސްކޮށް މަސައްކަތް ކުރަނީ މޯލްޑިވްސް ސްވިމިންގ އެސޯސިއޭޝަންގެ ސްވިމިންގް އިންސްޓްރަކްޓާ ނައުފަލް މޫސާއެވެ. މި ޕްރޮގްރާމް ކުރިއަށް ދާނީ 15 ދުވަހުގެ މުއްދަތަށެވެ.

މި ޕްރޮގްރާމްގައި އިރުޝާދިއްޔާ ސުކޫލުގެ 90 ދަރިވަރުންނާއި މަރަދޫ ސުކޫލުގެ 213 ދަރިވަރުން ބައިވެރިވެއެވެ

."ހުރިހާ ކުދިންނަށް ފަތަން ދަސްކޮށްދޭ ޕްރޮގްރާމް ގެ ދަށުން މި ޕްރޮގްރާމް ގެ ދަށުން މި ޕްރޮގްރާމް ކުރިއަށް ކުރިއަށް ދަނީ، މިހާރު މި ކުރިއަށްދާ ބެޗް ނިމުމުން އަނެއް ބެޗް ފަށާނެ" އިރުޝާދިއްޔާ ސުކޫލުން ބުންޏެވެ.

އިރުޝާދިއްޔާ ސުކޫލުން ބުނީ މި ޕްރޮގްރާމް ނިމޭއިރު، ޕްރޮގްރާމްގައި ބައިވެރިވާ ހުރިހާ ދަރިވަރުންނަށް ފަތަން ދަސްވާނެ ކަމަށެވެ. އަދި މަރަދޫ ސުކޫލުން ބުނީ އެ ސުކޫލުގެ  95 އިންސައްތަ ދަރިވަރުންނަށް ފަތަން ދަސްވާނެ ކަމަށް ލަފާކުރާ ކަމަށެވެ.

މަރަދޫ ސުކޫލުން ފާހަގަކުރި ގޮތުގައި މިފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމުގައި ދިމާވާ އެންމެ ބޮޑު ދަތިތަކަކީ އިންސްޓްރަކްޓަރސް ލިބުމުގައި ދިމާވާ ދަތިތަކާއި ސުކޫލުތަކުން ކުދިން ސްވިމިން އަށް ގެންދާއިރު ފޮލޯ ކުރަން ޖެހޭ ގައިޑްލައިން އަށް ފޮލޯ ކުރާއިރު ދިމާވާ ދަތިތަކެވެ.

"ދިމާވި ބައެއް ދަތިތަކާ ހުރެ މިފަދަ ޕްރޮގްރާމެއް ކުރިއަށް ނުގެންދެވިފައި ވަނިކޮށް ފުލުހުން އިސްނަގައިގެން މި ޕްރޮގްރާމް ކުރިއަށް ގެންދަން ނިންމީ" މަރަދޫ ސްކޫލުން ބުންޏެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *