އިޤްރާ ޕްރީ ސްކޫލުގެ "ޓެކް ކިޑްސް" އަންނަ ހުކުރު ދުވަހު

ގއ. ވިލިނގިލީގައި ހުންނަ އިގްރާ އިންޓަރނޭޝަނަލް ޕްރީ ސްކޫލުގެ "ޓެކް ކިޑްސް" އޮންނާނީ އަންނަ ހުކުރު ދުވަހު އެ ސްކޫލުގައެވެ. ގުރޭޑް 1ން 10ގައި ކިޔަވާ ދަރިވަރުންނަށް މި ފައަރ ކުރިއަށް ގެންދަނީ އައިލެންޑް އިންސްޓިޓިއުޓް އޮފް ޓާޝިއަރީ އެޑިއުކޭޝަންއާ ގުޅިގެންނެވެ.

ވޯކްޝޮޕެއް ގޮތަށް ކުރިއަށް ގެންދަން ރާވާފައިވާ މި "ޓެކް ކިޑްސް" ގައި މައިކްރޯބިޓް އާއި ރޮބޮޓިކްސް އާއި ކޯޑިންގ އާއި އާޓިފިޝަލް އިންޓެލިޖެންސް އަދި ޗެޓްޖީބީޓީ ފަދަ ޒަމާނީ ކޮމްޕިއުޓަރ ސައިންސް ގެ ބޭސިކް ދަރިވަރުންނަށް ދަސްކޮށް ދޭނެއެވެ.

މި ފެއަރގައި ބައިވެރިވާން ފޯމެއް ހުށައެޅި ނަމަވެސް ހިލޭ ބައިވެރިވެވޭނެއެވެ.

މިހާރު 120ކުދިން ކިޔަވަމުންދާ އިޤްރާ ޕްރީ ސްކޫލުގެ ޚިދުމަތް ގއ. ވިލިނގިލީގައި ފޯރުކޮށްދޭތާ ނުވަ އަހަރުވެއްޖެއެވެ. އެ ސްކޫލުން ދަނީ ދަރިވަރުންގެ ތަރައްޤީއަށް މިފަދަ ޕްރޮގްރާމްތައް ދޭތެރެދޭތެރެއިން ހިންގަމުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *