ސެންޓަރ ފޯ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ) ހުޅުމާލެ އިން އަހަރަކު އެއްފަހަރު ބާއްވާ "މެގަބައިޓްސް" ހަރަކާތް އަންނަ ބުރާސްފަތި ދުވަހު ކުރިއަށް ގެންދަން ނިންމައިފިއެވެ.
މެގަބައިޓްސް ކުރިއަށް ދާނީ މި ހަފްތާގެ ބުރާސްފަތި އަދި ހޮނިހިރު ދުވަހު ސީއެޗްއެސްއީ ހުޅުމާލޭގައެވެ. މި އިވެންޓު އޮންނާނީ އެ ދެ ދުވަހުގެ ހަވީރު 6:00-4:00، އަދި ރޭގަނޑު 9:30-8:00 އަށެވެ.

މި އަހަރުގެ މެގަބައިޓްސްގައި ވަރަށް ހާއްސަ ލަކީ ޑްރޯއެއް ކުރިޔަށްދާނެއެވެ. އެގޮތުން 1 ވަނައަށް ހޮވޭ ފަރާތަަކަށް ޒީޑް ކޮންސެލްޓީގެ ފަރާތުން ހުށައަޅާފައި ވަނީ މެޑިސިން ދަރިވަރުންނަށް ހާއްސަ 2000 ޑޮލަރުގެ ސްކޮލާޝިޕެކެވެ. 2ވަނަ އަށް މޯލްޑިވިއަންގެ ފަރާތުން އެތެރޭގެ އުދުހުމަކުން ދެކޮޅު ޓިކެޓު ހުށައަޅާފައިވެއެވެ. 3ވަނަ އަށް ފެރާރީ ޑޭޓޯނާ އެސްޕީ3 ބިލްޑިން ސެޓަކާއި 6 މަހުގެ މުއްދަތަކަށް ބޭނުންކުރެވޭނެ 500 ރުފިޔާގެ ކޫޕަނެއް ލިބިގެންދާނެވެ.

މި ފަހަރުގެ މެގަބައިޓްސްގެ ތީމްއަކީ “މަލްޓިވާސް އޮފް ވޮންޑާސް”އެވެ. މި ތީމްގެ ދަށުން “އެނިމޭ”، “ޕިކްސާ”، “ހެރީ ޕޮޓަރ”، އަދި “މާވެލް ޑީސީ”ގެ ގޭމް ސްޓޯލުތަކާއި ފުޑް ސްޓޯލްތައް ހުންނާނެއެވެ. އެގޮތުން އެސްކޭޕް ރޫމް، މޭޒް އަދި އެފް1 ރޭސިންގ ފަދަ ކުދިން ގަޔާވާނެ ކުޅިވަރު ކުޅެލެވޭނެ ސްޓޯލްތައް ފެނިގެންދާނެއިރު، ރަހަމީރު ބުއިންތަކާއި ކާބޯތަކެތި ލިބެން ހުންނާނެއެވެ.
އަދި ބިރުވެރި ހޮހަޅައާއި، ލޭޒަރ ޓެގްއާއި، އާކޭޑް އަދި ގޭމް ޒޯނަކާއި ސީއެޗްއެސްއީ ބޭންޑު އަދި ބޮޑުބެރުގެ ހުށައެޅުންތައް ފަދަ ސްޓޭޖް ހަރަކާތްތައް ވެސް ކުރިޔަށްދާނެއެވެ.
ސީއެޗްއެސްސީ އިން ކުރިއަށް ގެންދާ މެގަބައިޓްސް ގެ މެއިން ސްޕޮންސަރއަކީ ބްރައިޓްސް މައިންޑެވެ. މީގެއިތުރުން ސްޕޮންސަރުންގެ ގޮތުގައި ބްރިކްސް އެންޑް ޖޯއީ، މޯލްޑިވިއަން، ޕްރޯ ޕެކް، މޯލްޑިވްސް އެރޭޓެޑް ވޯޓަރ ކޮމްޕެނީ އަދި ޒީޑް ކޮންސަލްޓެންސީ ހިމެނެއެވެ.
ހިޔާލު