ހުރަވީ ސްކޫލުން އެއްވަނަ ޖޫދަށް، ދެވަނަ އިނާނަށް، ތިންވަނަ ޝައިޙާ އަށް

ފާއިތުވި 2023-2024 ވަނަ ދިރާސީ އަހަރު ހުރަވީ ސްކޫލުން އެއްވަނަ ދަރިވަރުގެ މަޤާމް ޙަސަން ޖޫދު ޖައުހަރީ ހޯދައިފިއެވެ. ދެވަނަ ހޯދީ  ފާޠިމަތު އިނާން ވަޙީދެވެ. ތިންވަނަ ހޯދީ ފާޠިމަތު ޝައިޙާ ނާޒިމެވެ.

އެއްވަނަ ހޯދި ޖޫދަކީ ފާއިތުވި 2023-2024 ވަނަ އަހަރުގެ ސުކޫލު ކެޕްޓަން އަދި ސްޓޫޑެންޓު ކައުންސިލުގެ ޗެއަރޕާސަނެވެ. ޖޫދު ވަނީ، ސާނަވި  ނިންމާ އިމްތިޙާނުތަކުން ޤައުމީ ގަދަ ދިހައެއްގެ 3ވަނަ ޙާސިލުކޮށްފައެވެ.

މިހާރު ސީއެޗްއެސްއީ ހުޅުމާލޭގެ ގުރޭޑު 11ގައި ތަޢުލީމު ޙާސިލުކުރަމުންދާ ޖޫދަކީ އެ ސްކޫލުގެ ޕްރިފެކްޓެއް އަދި އިސްވާރެކެވެ. ނަމޫނާ ސްކައުޓެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ޖޫދުވަނީ  "ބުޝްމަންސްތޯންގުސް އެންޑް ސީނިއަރަ ސްކައުޓް އެޕަލެޓްސް" ހާސިލުކޮށްފައެވެ. އަދި އޭނާވަނީ މޮޅު ފެތުންތެރިއެއްކަން ސާބިތުކޮށަދީ ހުރަވީއަށް ގިނަ ކާމިޔާބީތަކެއް އެ ރޮނގުން ހޯދާދީފައެވެ.

ދެވަނައަށް އިނާނަށް ސާނަވީ ނިންމާ އިމްތިޙާނުތަކުން ޤައުމީ ގަދަ ދިހައެއްގެ 4ވަނަ ލިބިފައިވެއެވެ. އެއީ 5 އޭ ސްޓާރ އާއި 3 އޭ ހޯދައިގެންނެވެ.

ގުރޭޑު 7އިން ފެށިގެން ހުރަވީ ސްކޫލުގައި ޕްރެފެކްޓެއްގެ ގޮތުގައި އިސްކޮށް ޙަރަކާތްތެރިވަމުން ދިޔަ އިނާނަކީ 2023-2024 ވަނަ އަހަރު ހުރަވީ ސްކޫލުގެ އަންހެން ޑެޕިއުޓީ ކެޕްޓަނެވެ.

ފެށިގެން އިނާނުގެ އެންމެ ޝައުގުވެރިކަން ހުންނަ ފަންނަކީ ކުރެހުމަށެވެ. އިނާނަކީ ސީއެޗްއެސްއީ، ހުޅުމާލޭގެ ގުރޭޑު 11ގައި މަތީސާނަވީއަށް ކިޔަވަމުންދާ  ދަރިވަރެކެވެ.

ތިންވަނައަށް ދިޔަ ޝައިޙާއަކީ ގުރޭޑު 9 އަދި ގުރޭޑު 10ގައި ހުރަވީ ސްކޫލުގެ ޕްރެފެކްޓެކެވެ. އަދި  2023-2024 ވަނަ އަހަރު ނޫރުކުލަބުގެ ޕްރެޒިޓެންޓު ވެސްމެއެވެ.

ޝައިހާ ވަނީ ސާނަވީ ނިންމާ އިމްތިޙާނުތަކުން 6އޭ ސްޓަރ އާއި 3އޭ ހޯދައި، ޤައުމީ ގަދަ ދިހައެއްގެ 4 ވަނަ ހޯދާފައެވެ.

އެއްވަނަ ހޯދި ޖޫދަކީ ފާއިތުވި 2023-2024 ވަނަ އަހަރުގެ ސުކޫލު ކެޕްޓަން އަދި ސްޓޫޑެންޓު ކައުންސިލުގެ ޗެއަރޕާސަނެވެ. ޖޫދު ވަނީ، ސާނަވި  ނިންމާ އިމްތިޙާނުތަކުން ޤައުމީ ގަދަ ދިހައެއްގެ 3ވަނަ ޙާސިލުކޮށްފައެވެ.

މިހާރު ސީއެޗްއެސްއީ ހުޅުމާލޭގެ ގުރޭޑު 11ގައި ތަޢުލީމު ޙާސިލުކުރަމުންދާ ޖޫދަކީ އެ ސްކޫލުގެ ޕްރިފެކްޓެއް އަދި އިސްވާރެކެވެ. ނަމޫނާ ސްކައުޓެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ޖޫދުވަނީ  "ބުޝްމަންސްތޯންގުސް އެންޑް ސީނިއަރަ ސްކައުޓް އެޕަލެޓްސް" ހާސިލުކޮށްފައެވެ. އަދި އޭނާވަނީ މޮޅު ފެތުންތެރިއެއްކަން ސާބިތުކޮށަދީ ހުރަވީއަށް ގިނަ ކާމިޔާބީތަކެއް އެ ރޮނގުން ހޯދާދީފައެވެ.

ދެވަނައަށް ދިޔަ އިނާނަށް ސާނަވީ ނިންމާ އިމްތިޙާނުތަކުން ޤައުމީ ގަދަ ދިހައެއްގެ 4ވަނަ ލިބިފައިވެއެވެ. އެއީ 5 އޭ ސްޓާރ އާއި 3 އޭ ހޯދައިގެންނެވެ.

ގުރޭޑު 7އިން ފެށިގެން ހުރަވީ ސްކޫލުގައި ޕްރެފެކްޓެއްގެ ގޮތުގައި އިސްކޮށް ޙަރަކާތްތެރިވަމުން ދިޔަ އިނާނަކީ 2023-2024 ވަނަ އަހަރު ހުރަވީ ސްކޫލުގެ އަންހެން ޑެޕިއުޓީ ކެޕްޓަނެވެ.

ފެށިގެން އިނާނުގެ އެންމެ ޝައުގުވެރިކަން ހުންނަ ފަންނަކީ ކުރެހުމަށެވެ. އިނާނަކީ ސީއެޗްއެސްއީ، ހުޅުމާލޭގެ ގުރޭޑު 11ގައި މަތީސާނަވީއަށް ކިޔަވަމުންދާ  ދަރިވަރެކެވެ.

ތިންވަނައަށް ދިޔަ ޝައިޙާއަކީ ގުރޭޑު 9 އަދި ގުރޭޑު 10ގައި ހުރަވީ ސްކޫލުގެ ޕްރެފެކްޓެކެވެ. އަދި  2023-2024 ވަނަ އަހަރު ނޫރުކުލަބުގެ ޕްރެޒިޓެންޓު ވެސްމެއެވެ.

ޝައިހާ ވަނީ ސާނަވީ ނިންމާ އިމްތިޙާނުތަކުން 6އޭ ސްޓަރ އާއި 3އޭ ހޯދައި،  ޤައުމީ ގަދަ ދިހައެއްގެ 4ވަނަ ހޯދާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *