ރ. އަތޮޅު މަދަރުސާ 2023-2024 ވަނަ ދިރާސީ އަހަރު އެންމެ މޮޅު ދަރިވަރުގެ މަޤާމް އަޙްމަދު ޝައިޙާން މުޙައްމަދު ހޯދައިފިއެވެ.
ރ. އަތޮޅު މަދަރުސާ އަހަރީ އިނާމް ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށް ދެއްވީ ރ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރިންސިޕަލް އަލްފާޞިލް މުޙައްމަދު ވަސީމްއެވެ.
ފާއިތުވި ދިރާސީ އަހަރު ރ. އަތޮޅު މަދަރުސާގެ ދެވަނަ ހޯދީ އުމަރު މޫސާ އުމަރެވެ.
އެއްވަނަ ހޯދި އަޙްމަދު ޝައިޙާން މުޙައްމަދު ވަނީ، ސާނަވީ ނިންމާ އިމްތިޙާނުތަކުން ޤައުމީ ގަދަ ދިހައެއްގެ 10 ވަނަ ހޯދާފައެވެ.
އިންޓަރ ހައުސް މުބާރާތްތަކާއި ޤުރުއާން މުބާރާތްތަކުގައި ރ. އަތޮޅު މަދަރުސާ ތަމްސީލު ކުރި އަޙްމަދު ޝައިޙާން މުޙައްމަދު އަކީ ފާއިތުވި ދިރާސީ އަހަރު އެ ސްކޫލުގެ ސްކޫލް ކެޕްޓަނެވެ.
"އެހެން ކުދިންނަށް ނަމޫނާ ދަރިވަރަކަށްވެ ހުރެ، ސްކޫލްގެ ހަޔާތް ނިއްމާލުމަކީ އެއީ ދެކެވުނު ވަރަށް ބޮޑު ހުވަފެނެއް" ޝައިޙާން ބުންޏެވެ.
ޝައިޙާން ދަރިވަރުން ނޫހަށް ބުނީ، ރ. އަތޮޅު މަދަރުސާގައި ކިޔެވި ހުރިހާ ދުވަސް ތަކުގައި ބޮޑަށް ބެލީ އެންމެގެ ބަސް އަހާ ނަމޫނާ ދަރިވަރަކަށް ވުމަކަމަށާއި ނަމާދާއި، މައިންބަފައިންނާއި ޓީޗަރުންގެ ބަސް އެހުން އެއީ މިއަދު މި ލިބުން ކާމިޔާބީގެ އަސްލު ކަމަށެވެ.
ހިޔާލު