ފާއިތުވި 2023-2024 ވަނަ ދިރާސީ އަހަރު އިމާދުއްދީން ސްކޫލުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަޤާމް ޒާނާ ޒާހިދު ހޯދައިފިއެވެ. ދެވަނަ ހޯދީ އީދާން އަޙްމަދު މޫސާއެވެ. ތިންވަނަ ހޯދީ ޢާއިޝަތު އާލާ ސަލާމެވެ.
އިމާދުއްދީނުގެ އަހަރީ އިނާމް ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއުއެވެ.
އެއްވަނަ އަށް ދިޔަ ޒާނާއަކީ ފާއިތުވި އަހަރު އިމާދުއްދީން ސްކޫލުގެ އަންހެން ކެޕްޓަނެވެ. ސާނަވީ ނިންމާ އިމްތިޙާނު ތަކުން ޤައުމީ ގަދަ ދިހައެއްގެ ތިންވަނަ ޒާނާ ހޯދާފައިވެއެވެ.
ދެވަނަ އަށް ދިޔަ އީދާންއަކީ ފާއިތުވި އަހަރު އިމާދުއްދީން ސްކޫލުގެ ފިރިހެން ކެޕްޓަނެވެ. ޢީދާންއަކީ މޮޅު ފުޓްބޯޅަ ކުޅުންތެރިއެކެވެ. 17 އަހަރުން ދަށުގެ ޤައުމީ ޓީމުގައި ރާއްޖެއިން ބޭރުގައި ރާއްޖެ ތަމްސީލުކޮށްފައިވާއިރު، މިހާރު ކުޅެމުން އަންނަނީ 19 އަހަރުން ދަށުގެ ޤައުމީ ޓީމަށެވެ.
ތިންވަނަ ހޯދި އާލާއަކީ ފާއިތުވި އަހަރު އިމާދުއްދީނުގެ ޑެޕިއުޓީ ކެޕްޓަނެވެ. ސާނަވީ ނިންމާ އިމްތިޙާނުތަކުން ޤައުމީ ގަދަ ދިހައެއްގެ 4ވަނަ އާލާ ހޯދާފައިވެއެވެ. އަދަބީ މުބާރާތްތަކާއި ޤުރުއާން މުބާރާތްތަކުން ތަފާތު ގިނަ ވަނަތައް އާލާ ހޯދާފައިވެއެވެ.
ސާނަވީ އިމްތިޙާނުގެ ޤައުމީ ގަދަ ދިހައެއްގައި އިމާދުއްދީނުގެ 27 ދަރިވަރުން ހިމެނިފައިވެއެވެ. އިސްލާމް މާއްދާއިން ރާއްޖެއިން އެއްވަނަ އެއް ދަރިވަރަކު ހޯދާފައިވެއެވެ. އަދި ސެކަންޑް ލޭންގުއޭޖްގެ ގޮތުގައި އިނގިރޭސި މާއްދާއިން އައުޓްސްޓޭންޑިންގ ލާނާސް އެވޯޑް 2 ދަރިވަރަން ހޯދާފައިވެއެވެ.
ހިޔާލު