ފާއިތުވި 2023-2024 ވަނަ ދިރާސީ އަހަރު ތ. އަތޮޅު މަދަރުސާގެ އެންމެ މޮޅުދަރިވަރުންނަކީ ޢާއިޝަތު އަނާއާއި މަރްޔަމް ހަސްނާ ޙަސަނެވެ.
ސާނަވީން އެއްވަނަ ހޯދި އަނާއަށް ސާނަވީގެ ގަދަ ދިހައެއްގެ 4 ވަނަ ލިބިފައިވެއެވެ. އެއީ 5 މާއްދާއިން އޭ ސްޓަރ، 3މާއްދާއިން އޭ ހޯދައިގެންނެވެ. އަނާ އަކީ މިދިޔަ އަހަރު އެ ސްކޫލުގެ ކެޕްޓަނެވެ.
މަތީ ސާނަވީން އެއްވަނަ ހޯދި ހަސްނާ އަށް ޤައުމީ ގަދަ ދިހައެއްގެ ހަތް ވަނަ ލިބުނެވެ. ހަސްނާ ވަނީ އެ ސްކޫލުގެ ވައިސްކެޕްޓަންކަން ކޮށްފައެވެ.
ހިޔާލު