ރ. އަތޮޅު ތަޢުލީމީ މަރުކަން 2023-2024 ވަނަ ދިރާސީ އަހަރު އެންމެ މޮޅު ދަރިވަރުންގެ މަޤާމް ޝައްފާން މޫސާ އާއި ޝައުފާ އަލީ ހޯދައިފިއެވެ. ޝައްފާން އެއްވަނަ ހޯދި ސާނަވީ ބައިންނެވެ. ޝައުފާ އެއްވަނަ ހޯދީ މަތީ ސާނަވީ ބައިންނެވެ.
ރ. އޭއީސީގެ އަހަރީ އިނާމް ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށް ދެއްވީ ސިޙަތާ ބެހޭ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހިމެވެ.
ސާނަވީން އެއްވަނަ ހޯދި ޝައްފާނަށް ސާނަވީ ނިންމާ އިމްތިޙާނުތަކުން ލިބުނީ ޤައުމީ ގަދަ ދިހައެއްގެ ފަސްވަނައެވެ. އޭނާއަކީ މިދިޔަ އަހަރު އެ ސްކޫލުގެ ޑެޕިއުޓީ ކެޕްޓަނެވެ. ގުރޭޑް 11 ގައި ކިޔަވަމުންދާ ޝައްފާނަކީ އެ ސްކޫލުގެ މިއަހަރުގެ ކެޕްޓަނެވެ.
މަތީ ސާނަވީން އެންމެ މޮޅު ދަރިވަރުކަށް ހޮވުނު ޝައުފާއަށް، މަތީ ސާނަވީ ނިންމާ އިމްތިޙާނުތަކުން ލިބުނީ ޤައުމީ ގަދަ ދިހައެއްގެ 5ވަނައެވެ. ޝައުފާއަކީ 2023-2024 ވަނަ އަހަރު ރ. އެއީސީގެ ކެޕްޓަނެވެ.
ސާނަވީގެ ޤައުމީ ގަދަ ދިހައެއްގައި ރ. އޭއީސީގެ ހަތަރު ދަރިވަރުން ހިމެނުނެވެ. އެއީ ސާނަވީން އެއްވަނަ ހޯދި ޝައްފާންގެ އިތުރުން، 6ވަނަ ލިބުނު ހަދީޖަދު ފަރުހީން ފަޔާޒާއި 7ވަނަ ލިބުނު ނާހިދު އަބްދުއްނާސިރާއި 9ވަނަ ލިބުނު މާހިން އަބްދުލް ވާހިދެވެ.
މަތީ ސާނަވީގެ ޤައުމީ ގަދަ ދިހައެއްގައި ފާއިތުވި ދިރާސީ އަހަރު ރ. އޭއީސީގެ ފަސް ދަރިވަރުން ހިމެނުނެވެ. އެއީ މަތީ ސާނަވީން އެއްވަނަ ހޯދި ޝައުފާގެ އިތުރުން 9 ވަނަ ހޯދި ނިޔާފު މުހައްމަދު ރަޝީދާއި 10 ވަނަ ހޯދި
މާހިލް ނައުފަލް އަލީ އާއި އަރީން ސިޔާމްގެ އިތުރުން އައިޝަތު ރަނާއެވެ.
ހިޔާލު