ޖަމާލުއްދީނުން އެއްވަނަ ޒާއިންއަށް ދެވަނަ އީޒާން އަށް، ތިންވަނަ ފާޒިލް އަށް

ފާއިތުވި 2023-2024 ވަނަ ދިރާސީ އަހަރު ޖަމާލުއްދީން ސްކޫލުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކީ ހައްވާ ޒާއިން ޒަމީލެވެ. ދެވަނަ އަށް ދިޔައީ އީޒާން އަލީއެވެ. ތިންވަނަ ލިބުނީ އަޙްމަދު ފާޒިލް ފަތުހުﷲ އަށެވެ.

ތާޖުއްދީން ސްލޫލުގެ ހޯލުގައި ބޭއްވި ޖަމާލުއްދީން ސްކޫލުގެ އަހަރީ އިނާމް ދިނުމުގެ ޖަލްސާ ޝަރަފުވެރުކޮށްދެއްވީ މަތި ތަޢުލީމާއި މަސައްކަތްތެރިކަމާ ބެހޭ ވަޒީރު ޑރ. އަލީ ހައިދަރެވެ.

ޖަމާލުއްދީން ސްކޫލުން އެއްވަނަ ދަރިވަރު، ޒާއިންއަކީ ފާއިތުވި އަހަރު އެ ސްކޫލުގެ ޑެޕިއުޓީ އަންހެން ކެޕްޓަނެވެ. ސާނަވީ ނިންމާ އިމްތިޙާނުތަކުން ޤައުމީ ގަދަ ދިހައެއްގެ އެއްވަނަ ޒާއިންއަށް ލިބިފައިވެއެވެ. އަދި ސެކަންޑް ލޭންގުއޭޖްގެ ގޮތުގައި އިނގިރޭސި މާއްދާއިން ދުނިޔެއިން އެއްވަނަ އަދި ރާއްޖެއިން އެއްވަނަ ލިބިފައިވެއެވެ. އަދަބީ މުބާރާތްތަކާއި ޤުރުއާން މުބާރާތްތަކުގައި ބައިވެރިވެ ގިނަ ކާމިޔާބީތަކެއް ހޯދާފައިވެއެވެ. ސީއެޗްއެސްއީ މާލޭގައި ކިޔަވަމުންދާ ޒާއިންއަކީ އެ ސްކޫލުގެ މި އަހަރުގެ ކެޕްޓަނެވެ.

ދެވަނަ ހޯދި އީޒާން، ސާނަވީ ނިންމާ އިމްތިޙާނުތަކުން ޤައުމީ ގަދަ ދިހައެއްގެ އެއްވަނަ ހޯދާފައިވެއެވެ. އަދި އިސްލާމް މާއްދާއިން ރާއްޖެއިން އެއްވަނަ ވެސް އީޒާން ހޯދާފައިވެއެވެ. އަދި އޭނާއަކީ މިދިޔަ އަހަރު ޖަމާލުއްދީން ސްކޫލުގެ ކެޕްޓަނެވެ. އަދަބީ މުބާރާތްތަކާއި ޤުރުއާން މުބާރާތްތަކުގެ އިތުރުން އިންޓަރ ސްކޫލް ޗެސް ކޮމްޕެޓިޝަންގައި ބައިވެރިވެފައިވެއެވެ.

ތިންވަނަ ހޯދި ފާޒިލް، ސާނަވީ ނިންމާ އިމްތިޙާނުތަކުން ޤައުމީ ގަދަ ދިހައެއްގެ އެއްވަނަ ހޯދާފައިވެއެވެ.

އަދި ސެކަންޑް ލޭންގުއޭޖްގެ ގޮތުގައި އިނގިރޭސި މާއްދާއިން ދުނިޔެއިން އެއްވަނަ އަދި ރާއްޖެއިން އެއްވަނަ ލިބިފައިވެއެވެ. އީޒާންއަކީ ފާއިތުވި އަހަރު ޖަމާލުއްދީން ސްކޫލުގެ ޑެޕިއުޓީ ފިރިހެން ކެޕްޓަނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *