ފާއިތުވި ދިރާސީ އަހަރު ޏ. އަތޮޅު ތަޢުލީމީ މަރުކަޒުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުންނަށް އަޒްހާ ބިންތި އާމިރު އާއި މަރްޔާމް ހަނާން ވިސާމް ހޮވައިފިއެވެ. އަޒްހާ އެއްވަނަ ހޯދީ ސާނަވީންނެވެ. ހަނާން އެއްވަނަ ހޯދީ މަތީ ސާނަވީންނެވެ.
ޏ. އޭއީސީގެ އަހަރީ އިނާމް ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވީ އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުއްލަތީފު މުޙައްމަދެވެ.
ފާއިތުވި އަހަރު ޏ. އޭއީސީގެ ޑެޕިއުޓީ ކެޕްޓަންކަން އަދާކުރި އަޒްހާ އަށް ސާނަވީ ނިންމާ އިމްތީޙާނުތަކުން ދެވަނަ ލިބިފައިވެއެވެ. އޭނާ އަށް ލިބުނީ، ހަތް އޭ ސްޓަރ އާއި އެއް އޭއެވެ.
މަތީ ސާނަވީން އެއްވަނަ ހޯދި ހަނާން އަށް މަތީ ސާނަވީ ނިންމާ އިމްތިޙާނުތަކުން ދިޔައީ ޤައުމީ ގަދަ ދިހައެއްގެ ހަވަނަ އަށެވެ. އެއީ އެއް އޭ ސްޓަރ އާއި 3 އޭ އާއި އެއް ބީ ލިބިގެންނެވެ. ހަނާންއަކީ ފާއިތުވި އަހަރު ޏ. އޭއީސީގެ ކެޕްޓަނެވެ.
ހިޔާލު