ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ 3 ވަނަ ބުރު ފަށައިފި

"ޒުވާން ޚަޠީބުން" ޕްރޮގްރާމުގެ 3ވަނަ ބުރު ފަށައިފިއެވެ.

"ޒުވާން ޚަޠީބުން" ޕްރޮގްރާމްގެ ތިން ބުރުގައި ބައިވެރިވާން ހުޅުވާލުމުން 338 ފަރާތަކުން ފޯމު ހުށައެޅިއެވެ. މީގެ ތެރެއިން ތަމްރީނު މިއަދު ފެށީ 257 ޒުވާނުން ބައިވެރިންނާއެކުގައެވެ. ޒުވާން ޚަޠީބުން ތަމްރީނު ކުރައްވަނީ ރާއްޖޭގެ ފުންނާބު އުސް ޢިލްމުވެރިންނެވެ.

"ޒުވާން ޚަޠީބުން" ޕްރޮގްރާމަކީ ގްރޭޑް 10، 11 އަދި 12 ގައި އުޅޭ ދަރިވަރުންނަށާއި ސްކޫލް ނިމިފައިވާ ދަރިވަރުންނަށް ހުކުރުކުރުމުގެ ހުއްދަ ދިނުމަށް ޓަކައި އިންތިޒާމުކުރެވިފައިވާ ޕްރޮގްރާމެކެވެ.  މި ޕްރޮގްރާމްގެ ތެރެއިން ޚަތީބުންނަށް ޚުތުބާ ކިޔުމާއި އިމާމުވެ ނަމާދުކުރުމާއި ދީނާ ގުޅުން ހުރި އެހެން ބައެއް ދާއިރާތަކުން ޚާއްޞަ ތަމްރީނުތަކެއް ދެވޭނެއެވެ.

މި ޕްރޮގްރާމްގެ ސަބަބުން ޚަޠީބުން މަދު ރަށްރަށުގެ ކައުންސިލްތަކަށް ވެސް ބޮޑު ލުއިފަސޭހައެއް ވަނީ ލިބިފައެވެ.

ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ 3 ވަނަބެޗްގެ ޓްރޭނިންގ ސެޝަންތައް ޖޫން 26، 27، 28 މި 3 ދުވަހު އިސްލާމީމަރުކަޒުގެ ހޯލްގައި ކުރިއަށް ގެންދާނެއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު މިއަދު ކުރި ވިދާޅުވީ، އަމާޒަކީ މި ދައުރުގެ ތެރޭގައި 1 ހާސް ޚަޠީބުން ތަމްރީނު ކުރުން ކަމަށާއި 3 ވަނަ ބެޗް ނިމުމުން، ކުރީގެ ބެޗްތަކާ އެކު، ޖުމުލަ 500 ޚަޠީބުން ތަމްރީނުވާނެ ކަމަށެވެ.

"ދިވެހިރާއްޖޭގެ މުސްތަޤުބަލުގެ އިސްލާމީ ލީޑަރޝިޕްގެ ސަފުތައް މިއަދު ތަމްރީނު ކުރުމަކީ ކޮންމެހެން މުހިންމު ކަމެއް" ޑރ. ޝަހީމް ވިދާޅުވެފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *