ހއ. އޭއީސީން އެއްވަނަ މާވީ އާއި މާހިލް އަށް

މާހިލްއަކީ ހއ. އޭއީސީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް އެޑެކްސެލްގެ އައުޓްސްޓޭންޑިންގ ޕިއަރސް އެވޯޑް ހޯދި ފުރަތަމަ ދަރިވަރު

ފާއިތުވި 2024 ވަނަ ދިރަސީ އަހަރު ހއ. އަތޮޅު ތަޢުލީމީ މަރުކަޒު (ހއ. އޭއީސީ)ގެ އެއްވަނަ ދަރިވަރުންގެ ގޮތުގައި މާވީ މުޙައްމަދު ޒާހިރާއި އަޙްމަދު މާހިލް މުޙައްމަދު ހޮވައިފިއެވެ. މާވީ އެއްވަނަ ހޯދީ ސާނަވީ ބައިންނެވެ. މާހިލް އެއްވަނަ ހޯދީ މަތީ ސާނަވީބައިންނެވެ.

ހއ. އޭއީސީގެ އަހަރީ އިނާމް ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށް ދެއްވީ ތަޢުލީމީ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ޑރ. އަޙްމަދު މުޙައްމަދެވެ.

މަތީ ސާނަވީ ބައިން އެއްވަނަ ހޯދި މާހިލް، މަތީ ސާނަވީ ނިންމާ އިމްތިޙާނުތަކުން ޤައުމީ ގަދަ ދިހައެއްގެ ދެވަނަ ހޯދާފައިވެއެވެ. ދިވެއްސާއި އިސްލާމާއި އިކޮނިމިކްސްގެ އިތުރުން ބިޒްނަސް އިން އޭ ސްޓަރ އަދި އެކައުންޓިންގ އިން އޭ އާއި ހިސާބުން ބީ މާހިލް ހޯދާފައިވެއެވެ. އިކޮނޮމިކްސް އިން ދުނިޔެއިން ނުވަވަނަ އަދި ބިޒްނަސްއިން ދުނިޔެއިން ހަތަރުވަނަ ހޯދާ، އައުޓްސްޓޭންޑިންގ ޕިއަރސް އެވޯޑްސް ވެސް މާހިލް ހޯދާފައިވެއެވެ. މާހިލްއަކީ ދުނިޔެގޭ ރޭންކުގައި ހިމެނުނު ހއ. އޭއީސީގެ ފުރަތަމަ ދަރިވަރެވެ.

ސާނަވީ ބައިން އެއްވަނަ ހޯދި މާހީ ދިޔައީ ސާނަވީ ނިންމާ އިމްތިޙާނުތަކުން ޤައުމީ ގަދަ ދިހައެއްގެ ފަސްވަނަ އަށެވެ.

މާވީއަށް ލިބުނީ އިސްލާމާއި ހިސާބާއި ފިޒިކްސް އާއި ކެމިސްޓްރީ އާއި މެރިން ސައިންސްއިން އޭ ސްޓަރއެކެވެ. ދިވެއްސާއި ބައޮލޮޖީން އޭއެކެވެ. އިނގިރޭސިން ބީއެކެވެ.

މާވީއަކީ ފާއިތުވި އަހަރު އެ ސްކޫލުގެ އަންހެން ޑެޕިއުޓީ ކެޕްޓަނެވެ.

ހއ. އޭއީސީގެ ކެޕްޓަނެއްގެ ގޮތުން މަސައްކަތް ކުރި އަޙްމަދު އަކުމަލް ރަޝީދު ދިޔައީ އެ ސްކޫލުގެ ސާނަވީ ބައިން ދެވަނައަށެވެ. ތިންވަނަ ލިބުނީ އަޙުމަދު މުސްލިޙް މުފީދަށެވެ. އޭނާއަކީ އެ ސްކޫލުގެ ފާއިތުވި އަހަރުގެ ޑެޕިއުޓީ ކެޕްޓަނެވެ.

2024 ވަނަ އަހަރު ބޭއްވި ސާނަވީ ނިންމާ އިމްތިޙާނުތަކުން ހއ. އޭއީސީގެ 10 ދަރިވަރުން ގަދަ ދިހައެއްގައި ހިމެނިފައިވެއެވެ. މަތީ ސާނަވީގެ ގަދަ ދިހައެއްގައި ހިމެނިފައި ވަނީ ތިން ދަރިވަރުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *