ސާނަވީގެ ގަދަ ދިހައެއްގައި 2024 ވަނަ އަހަރު ހިމެނުނު ކުދިން އަދަދު 2023 ވަނަ އަހަރާ އަޅާބަލާއިރު 13.06 އިންސައްތަ އިތުރެވެ. އެއީ 92 ދަރިވަރުންގެ އިތުރުވުމެކެވެ.
2024 ވަނަ އަހަރު ސާނަވީ ނިންމާ އިމްތިޙާނުތަކުން ޤައުމީ ގަދަ ދިހައެއްގައި ހިމެނުނީ 796 ދަރިވަރުންނެވެ. 2023 ވަނަ އަހަރު ގަދަ ދިހައެއްގައި ހިމެނުނީ 704 ދަރިވަރުންނެވެ.
ގަދަ ދިހައެއްގެ 2ވަނަ އާއި 9ވަނައިގައި ހިމެނު ދަރިވަރުން ފިޔަވައި އެހެން ވަނަތަކަށް ދިޔަ ދަރިވަރުންގެ އަދަދު 2023 ވަނައަހަރަށްވުރެ 2024 ވަނަ އަހަރު ބޮޑުތަނުން އިތުރެވެ.

2024 ވަނަ އަހަރު ސާނަވީ ނިންމާ އިމްތިޙާނުތަކުން އައުޓްސްޓޭންޑިންގ ކެމްބްރިޖް ލާނަރސް އެވޯޑް 59 ދަރިވަރުން ހޯދާފައިވެއެވެ. ވަކިވަކި މާއްދާތަކުން ރާއްޖެއިން އެއްވަނަ 74 ދަރިވަރަކު ހޯދާފައިވެއެވެ.
2024 ވަނަ އަހަރު ބޭއްވި މަތީ ސާނަވީގެ ގަދަ ދިހައެއްގައި 325 ކުދިން ހިމެނިފައިވެއެވެ. މަތީ ސާނަވީގެ އެއްވަނައިގައި ހިމެނުނީ 11 ދަރިވަރުންނެވެ.
advertisment
ހިޔާލު