ޖުލައި 1ވަނަ ދުވަހުން ފެށިގެން ޙާފިޡުންގެ އެލަވަންސް ދެ ގުނައަށް ބޮޑުކުރަން ނިންމާފައިވާ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިއުލާން ކުރައްވައިފިއެވެ.
މިހާރު ޙާފިޡުންނަށް ސަރުކާރުން ދެނީ މަހަކު 2000 ރުފިޔާއެވެ. ޖުލައި 1ގެ ފަހުން ދެން ލިބޭނީ 4000 ރުފިޔާއެވެ.
މިއަދު އެމަނިކުފާނު ސޯޝަލް މިޑީއާގައި ކުރި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، ޙާފިޡުންނަށް ދޭ އެލަވަންސް 1 ޖުލައި 2025 އިން ފެށިގެން ދެ ގުނަ އަށް ބޮޑު ކުރުމަށް މި ހަފްތާގައި އޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ ނިންމާފައިވާ ކަމަށެވެ.
ޙާފިޡުން ތަމްރީނު ކުރުމާއި ޙާފިޒުންނަށް ދޭ އަހައްމިއްޔަތުކަން އިތުރު ކުރުމަކީ ކީރިތި ޤުރުއާނަށް އޮންނަ ލޯބި އިތުރު ކުރުމުގައި ނުހަނު މުހިއްމު ކަމެއް ކަމަށް ވެސް އެމަނިކުފާނު ލިޔުއްވާފައިވެއެވެ.
ޙާފިޡުންނަށް ދޭ އެލަވަންސް ބޮޑުކުރައްވާނެ ކަމަށް ރައީސް ވިދާޅުވީ، މިދިޔަ އަހަރު ބޭއްވި 36 ވަނަ ޤައުމީ ޤުުރްއާން މުބާރާތުގެ ނިމުގެ ރަސްމިއްޔާތުގައެވެ.
އެ ރަސް،މިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައި ވަނީ، މާތްވެގެންވާ އިސްލާމްދީނަށް ނަޞްރުދިނުމަކީ، އެމަނިކުފާނު އެންމެ އިސްކަން ދެއްވާނެ ޤައުމީ އެއް ވާޖިބުކަމަށާއި، އެކަމަށްޓަކައި ކީރިތި ޤުރުއާނުގެ ޢިލްމު ފެތުރުމަށް މި ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާނެ ކަމަށެވެ. އެގޮތުން ކީރިތި ޤުރުއާން ހިތުދަސް ޙާފިޒުން އުފެއްދެވުމަށް އަދި އެކަމަށް ހިތްވަރުދީ މަގުކޮށައި ދިނުމަށް މި ސަރުކާރުން ވަރަށް ބޮޑު ސަމާލުކަމެއް ދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ. އަދި އެ މަސައްކަތުގައި އެމަނިކުފާނު ގެންގުޅުއްވާނެ ސިޔާސަތަކީ، ކީރިތި ޤުރްއާން ހިތުދަސް ޙާފިޒުން އުފެއްދެވުމަށް ސަރުކާރުން ޚާއްޞަ ހޭދައެއް ކުރެއްވުން ކަމަށާއި، އެކަމަށްޓަކައި ވަސީލަތްތައް އިތުރުކުރައްވައި ޙާފިޒުންނަށް ދެއްވާ އިނާޔަތް ދެ ގުނަޔަށް ބޮޑުކުރެއްވުންކަމުގައި ވިދާޅުވެފައިވެއެވެ.
advertisment
ހިޔާލު