މަތީ ސާނަވީން ސީއެޗްއެސްއީ ހުޅުމާލެ އަށް ބޮޑު ކާމިޔާބީއެއް

ޕްރެޒިޑެންޓް ސްކޮލަރޝިޕް ހަ ދަރިވަރުންނަށް ލިބިފައިވާއިރު ހައި އެޗީވާރސް ސްކޮލަރޝިޕް 39 ދަރިވަރުންނަށް.
ޤައުމީ ގަދަ ދިހައއްގައި 145 ދަރިވަރުން ހިމެނެނި، ޔުނިވަރސިޓީއަށް ވަދެވޭ މިންވަރަށް 95.56 އިންސައްތަ ދަރިވަރުން ފާސްވެފައިވޭ

ފާއިތުވި 2024 ވަނަ އަހަރު ބޭއްވި މަތީ ސާނަވީ ނިންމާ އިމްތިޙާނުތަކުން ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން ސީއެޗްއެސްއީ (ސީއެޗްއެސްއީ ހުޅުމާލެ) ގެ ދަރިވަރުން ބޮޑު ކުރިއެރުންތަކެއް ހޯދައިފިއެވެ. މަތީ ސާނަވީގެ ޤައުމީ ގަދަ ދިހައެއްގައި 149 ދަރިވަރުން މިދިޔަ އަހަރު ހިމެނިފައިވެއެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 29 ދަރިވަރުންގެ އިތުރުވުމެކެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަޝިޕަށް 6 ދަރިވަރުންނަށް ލިބި، ހައި އެޗީވާސް ސްކޮލަރޝިޕް އެވޯޑް 39 ދަރިވަރުންނަށް ލިބިފައިވެއެވެ.

އެޗްއެސްއީ މާއްދާތައް ހިމެނޭ ގޮތަށް ޔުނިވާސިޓީއަށް ވަނުމުގެ ޝަރުތު ހަމަވާ ދަރިވަރުންގެ ނިސްބަތަކީ 95.56 އިންސައްތަ އެވެ. އެޗްއެސްއީ މާއްދާތައް ފިޔަވައި ދެން ހުރި މާއްދާތަކުން ފާސްވި ދަރިވަރުންގެ ނިސްބަތަކީ 72.27 އިންސައްތައެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 1.34 އިންސައްތައިގެ ކުރިއެރުމެކެވެ.

ސީއެޗްއެސްއީ ހުޅުމާލޭގެ ފަސް ދަރިވަރަކަށް ވަކިވަކި މާއްދާތަކުން ރާއްޖެއިން އެއްވަނަަ ލިބިފައިވެއެވެ. އެއީ ދިވެެއްސާއި ފާދަރ މެތެމެޓިކްސްއާއި ފިޒިކްސް އާއި ބަޮލޮޖީގެ އިތުރުން މެތެމެޓިކްސްއެވެ. އަދި 25 ދަރިވަރުންނަށް ވަކިވަކި މާއްދާތަކުން އެޑެކްސެލްގެ އައުޓްސްޓޭންޑިންގ ޕާރސަަން ލާ އެވޯޑް ލިބިފައިވެއެވެ. އެއީ މެތެމެޓިކްސް އާއި ފާދަރ މެތެމެޓިކްސް އާއި ފިޒިކްސް އާއި ބައޮލޮޖީ އާއި ކެމިސްޓްރީ ބިޒްނަސް އިކޮނިމިސް އެކައުންޓިންގއެވެ.

މާލެއިން ހުޅުމާލެއަށް ބަދަލުވުމުގެ ސަބަބުން ކުރިމަތިވި ގޮންޖެހުންތަކަށް ބަލާއިރު މިއީ ބޮޑު ކާމިޔާބީއެއް ކަމަށް އެ ސްކޫލުން ފާހަގަ ކުރެއެވެ.

އޭލެވެލްގެ ޤައުމީ ގަދަ ދިހައެއްގައި 2023 ވަނަ އަހަރު ސީއެޗްއެސްއީގެ 120 ދަރިވަރުން ހިމެނި، އެއްވަނަ ހަ ދަރިވަރުންނަށް ލިބުނެވެ. އަދި އެ ސްކޫލުގެ 19 ދަރިވަރަކަށް އެޑެކްސެލް އޭލެވެލްގެ ބްރިލިއަންސް އެވޯޑްވެސް އެ އަހަރު ލިބިފައިވެއެވެ.

އޭލެވެލްގައި ދުނިޔެއާއި ރާއްޖެއިން ވަކިވަކި މާއްދާތަކުން ވަނަތައް ހޯދި ދަރިވަރުން 
މުޙައްމަދު ފާހިމް އިބްރާޙިމް،

މެތްމެޓިކްސް- ދުނިޔެއިން 3ވަނަ ރާއްޖެއިން އެއްވަނަ-

ފިޒިކްސް- ދުނިޔެއިން 3ވަނަ ރާއްޖެއިން އެއްވަނަ

ބައޮލޮޖީ- ދުނިޔެއާއި ރާއްޖެއިން 1ވަނަ

ކެމިސްޓްރީން ދުނިޔެއިން 4ވަނަ

* އައިޝަތު ބަލްމާއު މުޙައްމަދު-

ދިވެހި – ރާއްޖެއިން އެއްވަނަ

ބައޮލޮޖީ- ދުނިޔެއިން 10ވަނަ

ކެމިސްޓްރީ ދުނިޔެއިން 7ވަނަ

* އާއްޒު އާދަމް ޚާލިދު،

ފާދަރ މެޓްމެޓިކްސް – ރާއްޖެއިން 1ވަނަ

* މުހައްމަދު ނަބީޙް އިބްރާހިމް،

ފިޒިކްސް- ދުނިޔެއިން 10ވަނަ

ކެމިސްޓްރީ- ދުނިޔެއިން 8ވަނަ

* ފާޠިމަތު ބިންތް މުޙައްމަދު ނިމާލް،

ބިޒްނަސް- ދުނިޔެއިން 6 ވަނަ،

އިކޮނޮމިކްސް- ދުނިޔެއިން 5ވަނަ،

* މުޙައްމަދު ދާހިޝް އުމަރު،

ބިޒްނަސް- ދުނިޔެއިން 8ވަނަ

* މުޙައްމަދު ރަފްޙާން

އިކޮނޮމިކްސް- ދުނިޔެއިން 5ވަނަ

* ޔާނިޝް މުޙައްމަދު އަބްދުﷲ،

އިކޮނޮމިކްސް- ދުނިޔެއިން 6ވަނަ

އެކައުންޓިންގ ދުނިޔެއިން 7ވަނަ

* އައިޝަތު ޖަންނަ ޖަމީލް

އިކޮނޮމިކްސް- ދުނިޔެއިން 10ވަނަ

އެކައުންޓިންގ ދުނިޔެއިން 4ވަނަ

* ރައްޔާން އަބްދުއް ރަޝީދު

އެކައުންޓިންގ- ދުނިޔެއިން 5ވަނަ

* އިބްރާހިމް ރިފާއު

އެކައުންޓިންގ ދުނިޔެއިން 8ވަނަ

* މަރިޔަމް ނަބީލާ ހަސަން

އެކައުންޓިންގ- ދުނިޔެއިން 8ވަނަ

* އައްޔޫބު ޝަހީބު

ބައޮލޮޖީ- ދުނިޔެއިން 2ވަނަ

ކެމިސްޓްރީ- ދުނިޔެއިން 4ވަނަ

* އައިޝަތު އީޝަލް އަޙްމަދު އަސްލަމް

ބައޮލޮޖީ- ދުނިޔެއިން 3ވަނަ

* އަޙްމަދު ސަލަފު ހާޝިމް

ބައޮލޮޖީ- ދުނިޔެއިން 9ވަނަ

ކެމިސްޓްރީ- ދުނިޔެއިން 6ވަނަ

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *