އެއްވަނައިގައި ހިމެނުނީ ސީއެޗްއެސްއީގެ ހަ ދަރިވަރުން، ބ. އޭއީސީގެ ދެ ދަރިވަރުން، ޖަލާލުއްދީނާއި އަޙްމަދިއްޔާއާއި އަރަބިއްޔާ ސްކޫލުގެ ދަރިވަރެއް
މަތީ ސާނަވީ ނިންމާ އިމްތިޙާނުތަކުން ފަސް މާއްދާއިން އޭ ސްޓަރ ހޯދާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސްކޮލަރޝިޕް 11 ދަރިވަރުންނަށް، ހައިއެޗީވަރސް ސްކޮލަރޝިޕް 87 ދަރިވަރުންނަށް ލިބިއްޖެއެވެ.
ރައީސުލްޖުމްޙޫރިއްޔާގެ ސްކޮލަރޝިޕް ލިބުނު ދަރިވަރުންނަށް ލިޔުން ހަވާލުކޮށް ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒެވެ. ހައިއެޗީވަރސް ސްކޮލަރޝިޕް ލިބުނު ދަރިވަރުންނަށް ލިޔުން ހަވާލުކޮށްދެއްވީ ހަޔަރ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރާއި އެޑކިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއުއެވެ.
މަތީ ސާނަވީގެ ގަދަ 10ގެ އެއްވަނައިގައި ހިމެނުނީ ސީއެޗްއެސްއީގެ ހަ ދަރިވަރުންނާއި ބ. އޭއީސީގެ ދެ ދަރިވަރުންނާއި ޖަލާލުއްދީނާއި އަޙްމަދިއްޔާއާއި އަރަބިއްޔާ ސްކޫލުގެ ދަރިވަރެކެވެ.
މަތީ ސާނަވީން އެއްވަނަ ހޯދައި ރައީސް ދެއްވާ ސްކޮލަރޝިޕް ލިބުނު ދަރިވަރުން
- މުޙައްމަދު ފާހިމް އިބްރާޙިމް، ސީއެޗްއެސްއީ ހުޅުމާލެ
- މުހައްމަދު ނަބީޙް އިބްރާހިމް، ސީއެޗްއެސްއީ ހުޅުމާލެ
- އައްޔޫބު ޝަހީބު، ސީއެޗްއެސްއީ ހުޅުމާލެ
- އައިޝަތު އީޝަލް އަޙްމަދު އަސްލަމް، ސީއެޗްއެސްއީ ހުޅުމާލެ
- ޢާލީ ހައިޝަމް، ސީއެޗްއެސްއީ ހުޅުމާލެ
- އަޙްމަދު ސަލަފު ހާޝިމް، ސީއެޗްއެސްއީ ހުޅުމާލޭ
- މުޙައްމަދު މަނޫން ފާއިޒު، ބ. އޭއީސީ
- ލުބާނާ އަބްދުލް މޫމިން، ބ. އޭއީސީ
- އަޙުމަދު ޔާސިން އިބްރާހިމް، ޖަލާލުއްދީން ސްކޫލް
- ނުހާ ރިޟްވާން، އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް
- ހައްވާ ޒައިހާ ހަބީބު، ޢަރަބިއްޔާ ސްކޫލް
ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕް ލިބޭ ދަރިވަރުންނަށް އެ ދަރިވަރުން ބޭނުން ޤައުމެއްގައި ބޭނުން ރޮނގަކުން މަތީ ތައުލީމް ޙާޞިލް ކުރުމުގެ ފުރުޞަތު ދެއެވެ.
ހައިއެޗީވާސް ސްކޮލަރޝިޕް ލިބުނު ދަރިވަރުން- ފޮޓޯ: ރައީސް އޮފީސް




ހިޔާލު