ސްކޫލްތަކަށް 800 އެއްހާ މުދައްރިސުން މިހާރު ވެސް ބޭނުންވޭ

ރާއްޖޭގައި ޓީޗަރުންގެ ދަތިކަން އިންތިހާއަށް އެބަ އޮތް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު މިއަދު ވިދާޅުވެއްޖެއެވެ.

ސާނަވީ އާއި މަތީ ސާނަވީގެ ގަދަ ދިހައަކަށް ވާދަކުރާ ދަރިވަރުންގެ ކާމިޔާބީ ފާހަގަކުރުމަށް ބާއްވަމުން އަންނަ ޖަލްސާގެ ހަތަރުވަނަ ދަންފަޅީގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ސްކޫލްތަކުގައި ޓީޗަރުން ހަމަ ނުވުމުގެ މައްސަލަ އަބަދުވެސް އޮންނަ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، މިހާރަށް ބަލާއިރު ޕްރައިމަރީ ގްރޭޑްތަކަށް 200 ޓީޗަރުން ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭން 600 ޓީޗަރުން ބޭނުންވާ ކަމަށެވެ.

އޯލެވެލްގެ ގަދަ10 އަށް ހޮވުނު ދަރިވަރުންނަށް އިނާމު ދިނުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ސްކޫލްތަކުގައި ޓީޗަރުން ހަމަ ނުވުމުގެ މައްސަލައަކީ އަބަދުވެސް އޮންނަ މައްސަލައެއް ކަމަށެވެ.

ޕްރައިމަރީ ގްރޭޑްތަކަށް ބަލާއިރު، އަދިވެސް 200 ޓީޗަރުން ބޭނުންވާ ކަމަށާއި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭން 600 ޓީޗަރުން ވެސް ބޭނުންވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ދެން މިނިސްޓަރު ފާހަގަކުރެއްވީ، މުދައްރިސުންގެ މިންތީގެ ތަފާތުގެ މައްޗަށެވެ. ރާއްޖޭގެ ސްކޫލުތަކުގައި ކިޔަވައިދޭ 77 ޕަސެންޓަކީ އަންހެން ޓީޗަރުން ކަމަށާއި ފިރިހެން ޓީޗަރުންގެ ނިސްބަތަކީ އެންމެ 23 އިންސައްތަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ފިރިހެން ޓީޗަރުންގެ ނިސްބަތް 23 އިންސައްތައިގައި ހުރިއިރު، އޭގެ ތެރެއިން ދިވެހި މުދައްރިސުންގެ އަދަދަކީ އެންމެ 16 އިންސައްތައެވެ. ޕްރިމަރީ ގުރޭޑްތަކަށް ކިޔަވައިދޭ ފިރިހެން ޓީޗަރުންގެ ނިސްބަތް ހުރީ އެންމެ 9 އިންސައްތައިގައެވެ.

ފެންވަރު ރަނގަޅު ތައުލީމެއް ފޯރުކޮށްދޭން ފެންވަރު ޓީޗަރުން ބޭނުންވާއިރު، އޭލެވެލް ނިންމާ އެންމެ މޮޅެތި ކުދިން ޓީޗިންގ ދާއިރާއަށް ވަނުމަށް މިނިސްޓަރު ވަނީ ގޮވާލައްވާފައެވެ.

"މޮޅު ކުދިން މި ދާއިރާއަށް ގެނައުމަށްޓަކައި ނިޒާމުގެ ތެރެއިން އަތުރާލާ ތަރުތީބުކުރަން ޖެހޭ ކަންކަން ވެސް ކުރަން ޖެހޭ " މިނިސްޓަރު ވިދާޅުވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *