އައިޔޫއެމް ރިސަރޗް ގްރާންޓްގެ ގޮތުގައި 350،000 ރުފިޔާ ފަސް ފަރާތަކަށް

ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީ (އައިޔޫއެމް)ގެ ރިސަރޗް ގްރާންޓްގެ ގޮތުގައި 350،000 ރުފިޔާ ފަސް ފަރާތަކަށް ދީފިއެވެ.

އައިޔޫއެމްގެ ރިސަރޗް ގްރާންޓް ދެމުން އަންނަނީ ތިން ދާއިރާއަކުންނެވެ. އެއީ ރިސަރޗް ޕްރޮމޯޝަން ސްކީމާއި ޕޯސްޓް ގުރެޖުއޭޓް ރިސަރޗް ސްކީމުގެ އިތުރުން އިނޮވޭޝަންސް ސްކީމެވެ.

 

މިދިޔަ އަހަރު ފަހުކޮޅު އިއުލާން ކުރި އައިޔޫއެމްގެ ރިސަރޗް ގްރާންޓަށް 13 ޕްރޮޕޯސަލް ހުށައަޅާފައިވާއިރު، މި ފަހަރު ގްރާންޓް ދީފައިވަނީ ރިސަރޗް ޕްރޮމޯޝަންސް ސްކީމާއި އިނޮވޭޝަންސް ސްކީމުގެ ދަށުން ފަސް ފަރާތަކަށެވެ.

އައިޔޫއެމްގެ ޑެޕިއުޓީ ވައިސް ޗާންސެލަރު ރިސަރޗް އެންޑް އިނޮވޭޝަންސް ޑރ ވިޝާލް މޫސާ ވިދާޅުވީ، ޕޯސްޓް ގުރެޖުއޭޓް ރިސަރޗް ސްކީމުގެ ދަށުން ގްރާންޓް ދެވޭ ވަރަށް ޕްރޮޕޮސަލް ހުށައަޅާފައި ނުވާކަމަށެވެ.

ރިސަރޗް ގްރާންޓް ލިބުނު ފަރާތްތައް:

  • އައިޝަތު ޝިފާ އިނޮވޭޝަން ގްރާންޓް
  • ޑރ. މަރިޔަމް ޝަރީފާ ރިސަރޗް ގްރާންޓް
  • ޑރ. ފާތިމަތު މުނާ، ރިސަރޗް ގްރާންޓް
  • އަލްއުސްތާޛު މުޙައްމަދު އިމްރާން، ރިސަރޗް ގްރާންޓް
  • ޑރ. ސުނީނާ ރަޝީދު، ރިސަރޗް ގްރާންޓް

ޑރ. ވިޝާލް ވިދާޅުވީ، ފަސް ފަރާތުން ހުށައެޅި ރިސަޗް ޕްރޮޕޯސަލް ތަކުގައި 13 ފަރާތުން މަސައްކަތް ކުރައްވާއިރު، އޭގެ ތެރޭގައި އެ ޔުނިވަރސިޓީން ބޭރުގެ ބޭފުޅުން ހިމެނިވަޑައިގަންނަވާ ކަމަށެވެ.

ޑރ. ވިޝާލް ވިދާޅުވީ، ރިސަރޗްގެ ދާއިރާ އެ ޔުނިވަރސިޓީން ފުޅާކޮށްފައިވާއިރު، މިދިޔަ އަހަރާއި މި އަހަރު އެ ޔުނިވަރސިޓީން ކުރިއަށްގެންދާ ރިސާޗް މަސައްކަތްތަކުގެ އަގު 13 މިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށެވެ. މިއަހަރު ވެސް ޕްރޮޕޯސަލް ހުށައަޅާފައވާ ކަމަށާއި މި އަހަރުވެސް ގިނަ ޕްރޮޖެކްޓައް ލިބޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ޑރ. ވިޝާލް ވިދާޅުވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *