ޒަމާނީ އުފެއްދުންތައް ބޭނުން ކޮށްގެން ހިސާބު އުނގަންނައިދިނުމާ ގުޅޭ ވޯކްޝޮޕެއް އެމްއެންޔޫއިން ބާއްވައިފި

"މެތްސް ތްރޫ ސްޓޯރީސް"ގެ ނަމުގައި ހިސާބު އުނގަންނައިދިނުމާ ގުޅޭ ވޯކްޝޮޕެއް އެމްއެންޔޫއިން ބާއްވައިފިއެވެ.

އެމްއެންޔޫގައި ކުރިއަށް ގެންދިޔަ މި ވޯކްޝޮޕްގައި މައުލޫމާތު ދެއްވީ، އިނގިރޭސިވިލާތުގެ ޔުނިވަސިޓީ އޮފް ރެޑިންގެ ޑރ. ނަތަޕޮޖް ވިންސެންޓާއި ޕެރިހުގައި ހުންނަ ޔުނެސްކޯ އަދި އޯއީސީޑީގެ މައި އޮފީހުގެ އިސް ބޭފުޅުންނެވެ. އެ ބޭފުޅުންގެ ތަޖުރިބާ ވެސް މި ވޯކްޝޮޕްގައި ހިއްސާކުރައްވާފައިވެއެވެ.

މި ވޯކްޝޮޕްގައި މައުލޫމާތު ދީފައި ވަނީ، ދިރާސާތަކުގެ މައްޗަށް ބިނާކޮށް ހަރަދު ކުޑަކޮށް ޒަމާނީ އާ އުފެއްދުންތައް ބޭނުންކޮށްގެން ރާއްޖޭގެ ސްކޫލްތަކުގައި ހިސާބު އުނގަންނައިދިނުމާ ގުޅޭ ގޮތުންނެވެ. މި ވޯކްޝޮޕްގެ ސަބަބުން ރާއްޖޭގެ ހިސާބު ތައުލީމަށް އެދެވޭ ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އެމްއެންޔޫން ބުނެއެވެ.

މި ވޯކްޝޮޕްގައި 50އަށް ވުރެ ގިނަ ތައުލީމީ ދާއިރާގެ ބޭފުޅުން ބައިވެރިވިއެވެ. އޭގެ ތެރޭގައި ޕްރައިމަރީ އަދި ސެކަންޑަރީ ސްކޫލްތަކުގެ މުދައްރިސުންނާއި ޓީޗަރ އެޑިޔުކޭޓަރުންނާއަި މަންހަޖު އެކުލަވާލާ ފަރާތްތަކާއި ރާއްޖޭގައި ހުންނަ އިނގިރޭސިވިލާތުގެ ހައި ކޮމިޝަނަރު ނިކޮލަސް ޑޭވިޑް ބައިވެރިވެވަޑައިގެންނެވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *