ދިވެހިވަހުގެ އެކެޑަމީން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ އަދަބީ މުބާރާތްތަކުގައި، މި އަހަރު 97 ސްކޫލަކުން ބައިވެރިވެއްޖެއެވެ.
ދިވެހިބަހުގެ އެކެޑަމީން މިއަދު އާންމުކުރި މައުލޫމާތުތަކަށް ބަލާއިރު، އަދަބީ މުބާރާތްތަކުގައި ބައިވެރިވީ، އަތޮޅުތަކުގެ 77 ސްކޫލަކުންނާއި މާލޭގެ 20 ސްކޫލަކުންނެވެ.
އަދަބީ މުބާރާތްތަކުގެ ގޮތުގައި ތިން މުބާރާތެއްގައި ބައިވެރިވާން ދިވެހިބަހުގެ އެކެޑަމީން ހުޅުވާލިއެވެ. އެއީ މަޒުމޫނު ލިޔުމާއި ކުރުވާކަ ލިޔުމާއި ޅެންހެދުމެވެ. އެންމެ ގިނަ ދަރިވަރުން ބައިވެރިވެފައި ވަނީ މަޒުމޫނު ލިޔުމުގެ މުބާރާތުގައެވެ. އެއީ 1095 ދަރިވަރުންނެވެ. ކުރުވާހަކަ ލިޔުމުގެ މުބާރާތުގައި ބައިވެރިވީ 1006 ދަރިވަރުންނެވެ. ޅެން ހެދުމުގައި ބައިވެރިވީ 529 ދަރިވަރުންނެވެ. ތިން މުބާރާތުގެ ބައިވެރިންގެ އަދަދަކީ 2630 އެވެ.
ކުރުވާހަކަ ލިޔުމުގެ މުބާރާތް ބާއްވަނީ އައްޝައިޙް މަލިމް މޫސާ މާފަތްކަލޭގެފާނުގެ ހަނދާނީ ވާދައިގެ ތައްޓަށެވެ. މިއީ މި އަހަރު ބާއްވަނީ 37ވަނަ މުބާރާތެވެ. މަޒުމޫނު މުބާރާތް ބާއްވަނީ އަލްއުސްތާޛު މުޙައްމަދު ޖަމީލު ދީދީގެ ހަނދާނީ ވާދައިގެ ތައްޓަށެވެ. މިއީ މުބާރާތް ބާއްވާ 40 ވަނަ މުބާރާތެވެ. ޅެންހެދުމުގެ މުބާރާތް ބާއްވަނީ ހުތްއަލިދީދީ ހަނދާނީ ވާދައިގެ ތައްޓަށެވެ. މިއީ މި މުބާރާތް ބާއްވާތާ 28 ވަނަ އަހަރެވެ.
advertisment
ހިޔާލު