ފާދިއްޕޮޅު އަތޮޅުކައުންސިލު ޤުރްއާން މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ 32 ވަނަ ޤުރްޢާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ. މި މުބާރާތުގައި ބައިވެރިވެވޭނީ ޅ.އަތޮޅުގެ ސުކޫލް މަދުރަސާތަކަށާއި، މުއައްސަސާތަކަށާއި (ރަޖިސްޓްރީކޮށްފައިވާ ޤުރުއާން ކުލާސްތައް އަދި ކްލަބް ޖަމްޢިއްޔާތައް) އަދި ޙާފިޡުންނަށެވެ. މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ، 2025 ޖުލައި 19 ން 22 އަށެވެ. މި މުބާރާތް ބާއްވާނެ ރަށެއް އަދި އެ ކައުންސިލުން އިއުލާން ނުކުރެއެވެ.

ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ އަންނަ ޖުލައި މަހުގެ 3ވަނަ ދުވަހެވެ. ޓީމް ލިސްޓްތައް ހުށައަޅަން ޖެހެނީ ޖުލައި މަހުގެ 7ވަނަ ދުވަހުއެވެ.

މި މުބާރާތުން އެއްވަނައަށް އަންނަ ސްކޫލާއި ޖަމިއްޔާ ޖަމާއަތްތަކާއި ޤުރުއާން ކުލާހަކަށް 2500 ރުފިޔާގެ ފައިސާގެ އިނާމެއް ހުށައަޅާފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *