ގުރުއާން ކިޔަވައި ދިނުމާއި އިލްމީ ކަންކަމަށް ބޭނުންކުރެވޭ ގޮތަށް ވިލިމާލޭ މަސްޖިދުއްސަލާމް އަލުން އިމާރާތް ކުރަން ނިންމާފައިވާކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ
ޑރ. ޝަހީމް ވިދާޅުވީ، ވިލި މާލެ ޒަމާންވީ މަސްޖިދުއްސަލާމް މިސްކިތް ހުރި ތަނުގައި ޒަމާނީ ބޮޑު މިސްކިތެއް ބިނާކުރުމަށް ހެޔޮ އެދޭ ފަރާތަކުން ޝައުޤުވެރިކަން ފާޅުކުރައްވާފައިވާ ކަމަށެވެ. ދެ އަހަރު ތެރޭ މިސްކިތް އިމާރާތްކޮށް ނިންމާގޮތައް އެފަރާތާ ޙަވާލުކުރަންވަނީ ނިންމާފައި ކަމަށް ވެސް ޝަހީމް ވަނީ ވިދާޅުވެފައެވެ. މިސްކިތް ބިނާކުރެވިގެންދާނީ ޤުރުއާން ކިޔަވައި ދިނުމާއި އިލްމީ ކަންކަމަށް ބޭނުންކުރެވޭ ކްލާސްރޫމްތައް ވެސް ހިމެނޭގޮތަށް ކަމަށް ވެސް ޑރ. ޝަހީމް ވިދާޅުވެފައިވެއެވެ.
ވިލިމާލޭގައި ހުންނަނީ ތިން މިސްކިތެވެ. އެއީ މަސްޖިދުއްސަލާމުގެ އިތުރުން މަސްޖިދުލް އިހުލާސް އާއި މަސްޖިދުލް ބިއްރީއެވެ.
ހިޔާލު