ލަންކާގައި މަތީ ތަޢުލީމް ފޯރުކޮށްދޭ ދެ މަރުކަޒެއް ސަސްޕެންޑްކޮށްފައިވާތީ އެ މަރުކަޒުތަކުން ހިންގާ ކޯސްތަކުގައި ބައިވެރިނުވުމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން އިލްތިމާސްކޮށްފިއެވެ.
އެ އޮތިރިޓީން ބުނެފައި ވަނީ، ސަސްޕެންޑްކޮށްފައިވާކަން އެ އޮތޯރިޓީއަށް މައުލޫމާތު ލިބިފައި ވަނީ މެޓްރޯޕޮލިޓަން ކޮލެޖާއި އީސޮފްޓްގެ ހުރިހާ ކެމްޕަސްތަކެވެ.
" ވުމާއެކު މި މަރުކަޒުތަކުގައި މަތީ ތަޢުލީމް ޙާޞިލްކުރާ ދަރިވަރަކު ކަމުގައި ވަނީމާނަމަ ވީ އެންމެ އަވަސް ފުރުޞަތެއްގައި މި އޮތޯރިޓީއަށް އީމެއިލް މެދުވެރިކޮށް އެންގެވުން އެދެމެވެ. އަދި މި މަރުކަޒުތަކުގެ ޕްރޮގްރާމްތަކުގައި ދަރިވަރުންގެ ކިޔެވުން ކުރިއަށް ނުގެންދިއުމަށް ނަޞޭހަތްތެރިވަމެވެ." އެމްކިޔުއޭއިން ނެރުނު ކުރު ބަޔާނެއްގައި ބުނެފައިވެއެވެ.
ހިޔާލު