ކައުންސިލަރުންނަށް ޚާއްސަ ޚަތީބުކަމުގެ ކޯހުގެ ފުރަތަމަ ބުރުން 50 ޖާގައަށް ހުޅުވާލައިފި

ކައުންސިލަރުންނަށް ޚާއްސަ ޚަތީބުކަމުގެ ކޯހުގެ ފުރަތަމަ ބުރުގައި ބައިވެރިވާން ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން ހުޅުވާލައިފިއެވެ.

މި ކޯހުގެ ފުރަތަމަ ބުރުގައި ޖާގަ ދެނީ 50 ކައުންސިލަރުންނަށެވެ. ކޯހުގެ ޝަރުޠަކީ ކައުންސިލަރަކަށްވުމާއި ފިރިހެނަކަށްވުމެވެ. ކޯހަށް ހޮވުމުގައި ބަލަނީ، ކީރިތި ޤުރްއާން ފަރިތަކަމާއެކު ކިޔަން އެނގުމާއި ދިވެހިބަހާއި ޢަރަބިބަހުގެ ކިޔުމުގެ ފަރިތަކަމަށެވެ.

15 ހަފްތާގެ މުއްދަތަށް ކުރިއަށް ގެންދާ މި ކޯސް ކުރިއަށް ގެންދަނީ އޮންލައިންކޮށެވެ. ކިޔެވުން ކުރިއަށް ގެންދަނީ ބަންދު ދުވަސްތައް ނުލައި ހަފްތާއަކު ފަސްދުވަހު، ރޭގަނޑު 8:30ން 22:30އަށެވެ.

މި ކޯހުގައި ބައިވެރިވުމަށް އެދިލައްވާ ފަރާތްތަކުން 25 ޖޫން 2025 ގެ 13:00 ގެ ކުރިން  ގޫގުލް ފޯމް ފުރިހަމަކޮށް ހުށައަޅަން ޖެހެއެވެ.

ކޯހަށް ހެވޭ ފަރާތްތައް ކަނޑައަޅަނީ އިންޓަވިއުކޮށްގެންނެވެ. އެ އިންޓަވިއުތައް އޮންނާނީ 2025 ޖޫން 29 އަދި 30 ވަނަ ދުވަހުއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *