ކުޅުދުއްފުށީ ޤުރުއާން މުބާރާތް ޖުލައި 19އިން 21އަށް

ކުޅުދުއްފުށި ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ" ކުޅުދުއްފުށީ ޤުރުއާން މުބާރާތް 1447″ 2025 ޖުލައި 19 އިން 21އަށް ބާއްވައި ނިންމައި، އެ މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

ޤުރުއާން މުބާރާތުގައި ބައިވެރިވާން ހުޅުވާލާފައި ވަނީ ތިން ބަޔަކަށެވެ. އެއީ ހާފިޡުންގެ ބަޔާއި ސްކޫލްތަކުގެ ބަޔާއި ޤުރުއާން ކިލާސްތަކުގެ ބައެވެ.

ހާފިޡުންގެ ބައިގައި ބައިވެރިވުމަށް އެދޭ އަމިއްލަ ފަރާތްތަކުންނާއި ޔުނިވަރސިޓީތަކުން ފޯމް ހުށައަޅަން ޖެހެނީ 22 ޖޫންގެ 12:00 ގެ ކުރިންނެވެ. ސްކޫލްތަކުން ފޯމް ހުށައަޅަން ޖެހެނީ 01 ޖުލައިގެ 12:00 ގެ ކުރިންނެވެ. ޤުރުއާން ކިލާސްތަކުން ފޯމް ހުށައަޅަން ޖެހެނީ 03 ޖުލައިގެ 12:00ގެ ކުރިންނެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނީ، ހާފިޡުންގެ ބައިގައި ބައިވެރިވުމަށް އެދޭ އަމިއްލަ ފަރާތްތަކުން އަމިއްލަ ގޮތުން ފޯމު ހުށައެޅުމަށެވެ.

މުބާރާތުގައި ވާދަ ކުރެވޭ ބައިތަކުގެ ތެރޭގައި ހިމެނެނީ ބަލައިގެން ކިޔެވުމުގެ ބަޔާއި ނުބަލާ ކިޔެވުމުގެ ބަޔާއި ޙާފިޡުންގެ ބައިގެ އިތުރުން ޚާއްޞަ ބައެވެ.

މުޅިމުބާރާތުން 1ވަނަ ބައވެރިޔާ އަށް 10،000ރ ދޭއިރު، 2ވަނަ ބައިވެރިޔާ އަށް 5،000ރ އަދި 3ވަނަ ބައިވެރިޔާ އަށް 3000ރ ހުށައަޅާފައިވެއެވެ. އަދި މުޅިމުބާރާތުން އެންމެ މޮޅު 10 ދަރިވަރުންނަށް، ކޮންމެ ދަރިވަރަކަށް 1000ރ ދޭން ވެސް އެ ކައުންސިލުން ދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *