ޤުރްއާނުގެ ޢިލްމުގެ ތަޢުލީމީ ޕްރޮގްރާމްތަކުގައި ހުންނަން ޖެހޭ މިނިމަމް ސްޓޭންޑަޑް އަލުން ކަނޑައަޅައިފި

ޤުރްއާނުގެ ޢިލްމުގެ ތަޢުލީމީ ޕްރޮގްރާމްތަކުގައި ހުންނަން ޖެހޭ މިނިމަމް ސްޓޭންޑަޑް އަލުން ކަނޑައަޅައި އެއަށް އަމަލުކުރަން ފަށައިފިއެވެ.

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކުލަވާލައި ގެޒެޓްގައި މިއަދު އާންމު ކުރި މި ސްޓޭންޑަޑު އަލުން އެކުލަވާލުމުގެ މައިގަނޑު ބޭނުމެއް ކަމަށް ބުނެފައި ވަނީ، އާންމުންނާއި ދާއިރާގެ މާހިރުންނާއި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި ދަރިވަރުންގެ މެދުގައި ފެންވަރާ މެދު އޮންނަ ކަންބޮޑުވުމާއި ހިތްހަމަނުޖެހުންތައް ކުޑަކުރުމާއި މަތ ތަޢުލ މުދޭ މަރުކަޒުތަކުގައި ކިޔަވައިދެއްވާ ކީރިތި ޤުރްއާނުގެ ޢިލްމުގެ ދާއިރާގެ މުޤައްރަރުތައް އެއްގޮތް ކުރުމަށެވެ.

އެމްކިޔުއޭއިން ބުނެފައިވާ ގޮތުގައި، މަތީ ތަޢުލ މުދޭ އެކިއެކި މަރުކަޒުތަކުގައި ކިޔަވައިދޭ މުޤައްރަރުތައް ތަފާތުވުމުން ދަރިވަރުންނަށް އެކަމުގެ ނޭދެވޭ އަސަރު ކުރެއެވެ. އެއް މަރުކަޒަކުން ލެވެލެއް ނިންމުމަށްފަހު އަނެއް ލެވެލް ކިޔަވަން އެހެން މަރުކަޒަކަށް އެ ދަރިވަރު ދާއިރު އެބަދަލުވި މަރުކަޒުގައި ކިޔަވައި ނިންމައިފައިހުރި ތަޖްވީދު ފިލާވަޅަކީ އެ ދަރިވަރު ކިޔަވައިފައި ނުވާ ފިލާވަޅަކަށް ވުމުން ޓީޗަރުންނަށް އިތުރު ބުރައެއް ކުރިމަތިވެއެވެ. މިހެން ދިމާވުމުން ކުލާހުގެ މުޤައްރަރާ އެއްގޮތަށް ގެންދަން ޓ ޗަރަށް ދަތިވާ ކަންކަން ދިމާވެއެވެ. އަދި މުޤައްރަރު ފުރިހަމަކުރުމަށް ވަރަށް ބޮޑު ލަސްކަމެއް އާދެއެވެ. މިފަދަ ދަރިވަރުންނަށް މާޔޫސްކަން ކުރިމަތިވެ ކިޔެވުން އިތުރަށް ކުރިޔަށްގެންދަން ފޫހިވާގޮތްވެއެވެ. ތަޖްވީދުގެ ބައިތަކާއި تالوة ގެ ބައިތަކާއި حفظ ގެ ބައިތަކުގައި ވެސް މި މައްސަލަ ދިމާވެއެވެ.  އެހެންކަމުން މި ސްޓޭންޑަޑްތަކުގެ ސަބަބުން މި ކަންކަމަށް ޙައްލު ލިބިގެންދާނެ ކަމަށް އެމްކިޔުއޭއިން ބުނެފައިވެއެވެ. އަދި ކިޔަވައިދޭ މުޤައްރަރާއި މުއްދަތާއި އެކިއެކި ތަންތަނުގައި ކިޔަވައިދޭ މާއްދާތައް ތަފާތުވުމުން އެކި ލެވެލްތައް ކިޔަވަން އެކި މަރުކަޒުތަކަށް ބަދަލުވާ ދަރިވަރަށް އިންތިހާއަށް މިކަމުގެ ގެއްލުން ލިބޭއިރު އެންމެ ބޮޑު ގެއްލުމެއް ލިބެނީ  ޑިޕްލޮމާ އާއި ޑިގްރީއާ ހިސާބަށް މިފަދަ ދަރިވަރުން އައުމުން ކަމަށް އެމްޔޫއިން ބުނެފައިވެއެވެ.  މި ކަމުގެ ސަބަބުން މުޅި މުޖުތަމަޢަށް އެކަމުގެ ނޭދެވޭ އަސަރު ކުރަމުންދާތީ މި ސްޓޭންޑަޑުގެ ދަށުން ކިޔަވައިދޭ މުޤައްރަރު އެއްގޮތްވުމުން މިފަދަ ކަންކަމަށް ޙައްލު ލިބޭނެ ކަމަށް ވެސް އެމްކިޔުއޭއިން ބުނެފައިވެއެވެ.

މަތ ތަޢުލީމުދޭ ބައެއް މަރުކަޒުތަކުން ކުރު މުއްދަތެއްގައި ކިޔަވައިދެމުންދާކަން ފާހަގަކުރެވިފައިވާ ކަމަށާއި ހަމަ މި ފަދައިން މަތ ތަޢުލ މުދޭ ބައެއް މަރުކަޒުތަކުން ކިޔަވައިދެވެން އޮންނަ އެންމެ އެކަށީގެންވާ މުއްދަތުގައި ކިޔަވައިދޭކަން ވެސް ފާހަގަކުރެވޭ ކަމަށް އެމްކިޔުއޭއިން ބުނެފައިވެއެވެ. ޤުރްއާނުގެ ޢިލްމުގެ ޕްރޮގްރާމްތަކަށް އާންމުކޮށް ގިނަ ޕްރޮގްރާމްތަކަށް ބޭނުންވާވަރަށް ވުރެ ގިނަ ވަގުތު ބޭނުންވާ ކަމަށާއި ކިޔަވައިދެވެން އޮންނަ އެންމެ އެކަށ ގެންވާ މުއްދަތުގައި ކިޔަވައިގެން ނުކުންނަ ދަރިވަރުންގެ ކިޔެވުން ރަނގަޅުކަމަށް ފާހަގަވާތީ، ހުރިހާ މުއައްސަސާތަކެއްގައި ވެސް ކިޔަވައިދޭ މުއްދަތު އެއްގޮތްކުރަން ނިންމީ ކަމަށް އެމްކިޔުއޭއިން ބުންޏެވެ.

މިހާރު ފަރުމާކޮށްފައިވާ ޕްރޮގްރާމްތަކުގެ ކޮންޓެންޓް މަދުވުމާއެކު ކިޔުމުގެ ބައިވަނީ ވަރަށް ބޮޑުތަން މަދުވެފައި ކަމަށާއި ނަމަވެސް ޓ ޗަރަކަށް ވެގެން ޤުރްއާނުގެ ދާއިރާއަށް ނުކުންނައިރު މުޅި ޤުރްއާން (ޚަތިމުގެ ހުރިހާ ސޫރަތެއް) ކިޔަވައިފައި އޮތުން ވަރަށް މުހިންމު ކަމަށް އެމްކިޔޫއޭއިން ބުނެއެވެ. އަލަށް އެކުލަވާލި މި ސްޓޭންޑަޑްތަކަށް ފެތޭ މަތީ ތަޢުލީމުގެ ޕްރޮގްރާމްތައް ފުރިހަމަކޮށްގެން ދާއިރާއަށް ނުކުންނަ ޓ ޗަރަކު ހުންނާނީ ދެ ފަހަރެއްގެ މަތިން މުޅި ޚަތިމް ކިޔަވައިފައި ވުމުގެ ސަބަބުން މުދައްރިސުންގެ ކިޔަވައިދިނުމުގެ ފެންވަރު ރަނގަޅުވުމާއި، ކިޔަވައިދިނުން ރީތި ވުމާއި ޚަތިމުގެ ހުރިހާ ހިސާބަކަށް ވެސް މުދައްރިސުން ފަރިތަވާނެ ކަމަށް ވެސް އައެމްކިޔުއޭއިން ބުނެފައިވެއެވެ.

"މިކަމުގެ ސަބަބުން މި ސްޓޭންޑަޑުގެ ދަށުން ޕްރޮގްރާމްތައް ކުރިޔަށް ގެންދިއުމަށް މަތ ތަޢުލ މުދޭ މަރުކަޒުތަކަށް ފަސޭހަވާނެ" އެމްކިޔުއޭއިން ބުނެފައިވެއެވެ.

ޤުރްއާނުގެ ޢިލްމުގެ ތަޢުލީމީ ޕްރޮގްރާމްތަކުގައި ހުންނަން ޖެހޭ މިނިމަމް ސްޓޭންޑަޑްގައި ރިތި ޤުރްއާނުގެ ޢިލްމުގެ ދާއިރާގެ ކޮލިފިކޭޝަންތައް ކަމުގައި ކަނޑައަޅާފައި ވަނީ ޤާރީ، ޤިރާއަތު ޕްރޮގްރާމްތަކާއި  ޤުރްއާން ޓީ ޗިންގ ޕްރޮގްރާމްތަކެވެ. މި ސްޓޭންޑަޑްތައް ކަނޑައަޅާފައިވާ ބައިތަކުގެ ތެރޭގައި ހިމެނެނީ، ކޯ-މޮޑިއުލްތަކާއި  ކޯ މޮޑިއުލްތަކުގެ މުޤައްރަރާއި ކޯހުގެ މުއްދަތާއި  ކްރެޑިޓާއި  ޓީޗަރުންގެ ޝަރުތުތަކާއި  ޕްރޮގްރާމްތަކަށް ވަދެވޭ ޝަރުތުތަކެވެ.

ކީރިތި ޤުރްއާނުގެ ދާއިރާ ބަހާލާފައި ވަނީ 7 ކޮލިފިކޭޝަނަކަށެވެ. އެއީ ސެޓްފިކެޓް ލެވެލްގެ 1ން3 އާއި އެޑްވާންސް ސެޓްފިކެޓް ނޫނީ ސެޓްފިކެޓް ލެވެލް 4އާއި ޑިޕްލޮމާ އާއި އެޑްވާންސް ޑިޕްލޮމާގެ އިތުރުން ބެޗްލާސް ޑިގްރީއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *