އޯލެވެލްއާއި އޭލެވެލްގެ ގަދަ ދިހައެއްގައި ހިމެނުނު ދަރިވަރުންގެ ކާމިޔާބީ ފާހަގަކުރަން ހައި އެޗީވަރސް އެވޯޑް ޖޫން 21 އާއި 22ގައި ބާއްވަން ނިންމައި އެކަން ދަރިވަރުންނަށް އަންގަން ފަށައިފިއެވެ.
އޯލެވެލްއާއި އޭލެވެލްގެ ގަދަ ދިހައެއްގެ ޖަލްސާ ކުރިން ބާއްވަމުން އައީ ދެ ރަސްމިއްޔާތެއްގައެވެ. މިދިޔަ އަހަރު ބޭއްވި ހައި އެޗީވަރސް އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި 2024-2023 ވަނަ އަހަރު އޯލެވެލްއިން އެއްވަނަ ހޯދި ދަރިވަރުންނާއި ދުނިޔެއާއި ރާއްޖެއިން ވަނަތައް ހޯދި ދަރިވަރުންނަށް އިނާމްތައް ދީފައިވެއެވެ. އޯލެވެލްގެ ގަދަ ދިހައަކަށް ދިޔަ ދަރިވަރުންނަށް އިނާމް ދޭން ޖަލްސާ މިދިޔަ އަހަރުގެ އޮކޯޓްބަރު މަހުގެ ތެރޭގައި ބާއްވާނެ ކަމަށް އޭރު އެޑިޔުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ. އެ ޖަލްސާ މިދިޔަ އަހަރު ބާއްވާފައިނުވެއެވެ.
މި އަހަރު ބާއްވާ ހައި އެޗީވަރސް އެވޯޑް ދިނުމުގެ ރަސްމިއްޔާތު ބާއްވަނީ ސޯޝަލް ސެންޓަރުގައި، ހަތަރު ސެޝަނަށް ބަހާލައިގެންނެވެ.
މި އަހަރު ދެނީ އެވޯޑް ދެނީ، 2023 ވަނަ އަހަރާއި 2024 ވަނަ އަހަރު އޯލެވެލް ހެދި ދަރިވަރުންގެ ތެރެއިން ޤައުމީ ގަދަ ދިހައެއްގައި ހިމެނުނު ދަރިވަރުންނަށެވެ. އޭގެ އިތުރުން މިދިޔަ އަހަރު އޭލެވެލްގެ ގަދަ ދިހައެއްގައި ހިމެނުނު ދަރިވަރުންނަށް ވެސް އެވޯޑް ދޭނެއެވެ.
އެ ހަފްލާގެ ރިހާސަލް ބާއްވަނީ 18ން19އަށެވެ.
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނު ނިމުނީ މިދިޔަ ބުދަ ދުވަހު އެވެ. އެ އިމްތިހާނުގައި 8،362 ދަރިވަރުން ބައިވެރިވެރިވި އެވެ. އެއީ ކެމްބްރިޖް އައިޖީސީއީ އޯލެވެލް އިމްތިހާނުގައި ހެދި 7،666 ދަރިވަރުންނާއި އެސްއެސްސީ އިމްތިހާނު ހެދި 7،519 ދަރިވަރުންނެވެ. އޭލެވެލް ގަދަ ދިހައެއްގެ އެއްވަނައިގައި ހިމެނިފައި ވަނީ ނުވަ ދަރިވަރުންނެވެ.
ހިޔާލު