ހަދިޔާކުރާ މީހުން އިތުރުކުރުމުގެ މަސައްކަތުގައި އެމްއެންޔޫގެ ދަރިވަރުން އެހެން ކޮލެޖް ހުނިވަރސިޓީ ތަކާ ގުޅިގެން މަސައްކަތް ކުރަން ފަށައިފިއެވެ. ލޭ ހަދިޔާ ކުރުމާއި ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ހިންގަން އެމްއެންޔޫގެ އިތުރުން ރާއްޖޭގެ އެހެން ޔުނިވަރސިޓީތަކާއި ކޮލެޖްތަކާއި އިންސްޓިއުޝަންތަކުގެ ދަރިވަރުން ބައިވެރިވުމަށް ހެލްތް މިނިސްޓަރީން ވަނީ ސޮއިކޮށްފައެވެ.
ބައިނަލް އަޤްވާމީ ގޮތުން ފާހަގަކުރާ، ލޭ ހަދިޔާކުރާ މީހުންގެ ދުވަހަކީ އިއްޔެއެވެ. އެ ދުވަސް ފާހަގަ ކުރުމުގެ ޚާއްޞަ ރަސްމިއްޔާތު ބޭއްވީ މިއަދު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައެވެ. ޝަރަފުވެރިކޮށްދެއްވީ ސިއްޙަތާ ބެހޭ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހިމެވެ.
މި އެއްބަސްވުމުގެ ދަށުން ލޭ ހަދިޔާކުރުމާ ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.
މި އެއްބަސްވުމުގައި ހިމެނެނީ،
.1 ހޭލުންތެރިކަން އިތުރުކުރުމުގެ ކެމްޕޭންތަކާއ،ި އުގަންނައިދިނުމުގެ ތެރެއިންނާއ،ި އާންމުންގެ އެއްބާރުލުން ހޯދައިގެން
ހިލޭސާބަހަށް ލޭ ހަދިޔާކުރުމަށް އެހީތެރިވ،ެ އެކަން ކުރިއެރުވުމަށް މަސައްކަތްކުރުން
.2 އަޅުގަނޑުމެންގެ މެންބަރުންނާއި ، މުވައްޒަފުންނާއ،ި އަދި މުޖުތަމަ ޢުގެ އެހެން ފަރާތްތައް ގަވާއިދުން ހިލޭސާބަހަށް
ލޭ ހަދިޔާކުރާ ބަޔަކަށް ހެދުމަށް ހިތްވަރުދިނުން
.3 ލޭ ހަދިޔާކުރުމުގެ މަ ސައްކަތްތައް ހަރުދަނާކުރުމަށް ޤައުމީ އިދާރާތަކާއި ކަމާގުޅޭ ޖަމްޢިއްޔާތަކާއެކު މަސައްކަތްކުރުން
.4 ފުރާނަ ސަލާމަތްކުރުމަށް ކުރާ މަސައްކަތަށްޓަކައި ހިލޭސާބަހަށް ލޭ ހަދިޔާކުރާ މީހުންގެ އަގުވަޒަންކުރުން
.5 ލޭ ބޭނުންވާ އެންމެންނަށް ރައްކާތެރ،ި އިތުބާރުހުރި އަދި އެކަށީގެންވާ މިންވަރަށް ލޭ ލިބޭކަން ކަށަވަރުކުރުމަށް އެކި
ދާއިރާތަކާއި މުޢައްސަސާތަކާއެކު މަސައްކަތްކުރުން
ލޭ ހަދިޔާ ކުރުމާއި ހޭލުންތެރިކަން އިތުރުކުރަން ހެލްތް މިނިސްޓްރީއާއެކު ސޮއިކުރީ ހަ ފަރާތަކުންނެވެ. އެއީ،
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސްޓޫޑެންޓް ޔޫނިއަން
- އިސްލާމިކް ޔުނިވަރސިޓީގެ ދަރިވަރުންގެ ގުޅުން
- ވިލާ ކޮލެޖްގެ ސްޓޫޑެންޓް އެސޯސިއޭޝަން
- އައިލަންޑް އިންސްޓިޓިއުޝަންގެ
- ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖް
- މޯލްޑިވްސް ބިޒްނަސް ސްކޫލް
ވަޒީރު ނާޒިމް ވިދާޅުވީ، ޔުނިވަރސިޓީ ކޮލެޖްތައް ގުޅިގެން ފަށާ މަސައްކަތަކީ ވޮލަންޓިއަރކޮށް ލޭ ހަދިޔާކުރާ މީހުން އިތުރު ކުރުމަށްޓަކައި އޭގެ އެމްބަސަޑަރުން އުފައްދުން ކަމަށެވެ. އަދި އެ މަސައްކަތަކީ ފަސޭހައިން ހިންގޭ މީހުން ބަލައިގަންނަ ތެދުމައުލޫމާތު ލިބި ގަޔާވެގެން ކުރާ މަސައްކަތެއްގެ ގޮތުގައި ހެދުން ކަމަށެވެ.
ނާޒިމް ވިދާޅުވީ، ޑަބްލިޔުއެޗްއޯގެ މިންގަނޑުތަކުން ބަލާއިރު ކޮންމެ ޤައުމެއްގައި ވެސް މަދުވެގެން އެއް އިންސައްތަ މީހުންނަކީ ލޭ ހަދިޔާކުރާ މީހުންނަށް ވާން ޖެހޭ ކަމަށެވެ. އެހެން ނަމަވެސް އެ ހިސާބަށް އާދެވިފައި ނެތްކަން ހިތާމައާއެކު މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ، ތެލަސީމިއާ ކުދިންނަށް އެކަނި ބަލާލިނަމަވެސް މަހެއްގެ މައްޗަށް 900 ޕައިންޓްސްގެ ލޭ ބޭނުންވާ ކަމަށާއި އެނޫން ބަލުތަކަށް މަހެއްގެ މައްޗަށް 1400 އެއްހާ ޕައިންޓްގެ ލޭ ބޭނުންވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ ކަމަށެވެ.
އަޅުގަނޑުމެން ބޭނުން ވަނީ ލޭ ބޭނުން ވެގެން އާދޭސް ކުރަން ނުޖެހޭނެ ދުވަހެއް. އެކަމަށްޓަކައި މަސައްކަތްތަކެއް ކުރަން ޖެހޭ. އެކަން ކުރުމަށް ކޮލެޖް ޔުނިވަރސިޓީތަކުގައި ކިޔަވާ ޒުވާން ކުދިން ނުކުމެ އެކަމަށް ޝަޢުޤުވެރިވާ އެމްބަސެޑަރުންނަށްވެ، ހޭލުންތެރިކަން އުފެއްދަން މަސައްކަތް ކުރުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް" މިނިސްޓަރު ނާޒިމް ވިދާޅުވިއެވެ.
ކޮލެޖް ޔުނިވަރސިޓީގެ ދަރިވަރުންގެ ކިބައިން މިނިސްޓަރު ނާޒިމް އެދިވަޑައިގަތީ، ކުރުމުއްދަތުގަ އާއި މެދު ރާސްތާ އަދި ދިގުމުއްދަތަކަށް އަމާޒުކޮށްގެން ޕްލޭންތަކެއް ރާވައި، މުޅި ރާއްޖޭގައި އެ ހަރަކާތް ހިންގައި ވޮލަންޓިއަރކޮށް ލޭ ހަދިޔާކުރާ މީހުން އިތުރުކޮށް ދެއްވުމަށެވެ.

މި ރަސްމިއްޔާތަށްފަހު ކޮލެޖްތަކާއި ޔުނިވަރސިޓީތައް ގުޅިގެން ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް މިއަދު ވަނީ ފަށާފައެވެ.
މެޑިކަލް ލެބޯރެޓަރީ ދާއިރާގައި މަސައްކަތްކުރަމުންދާ ފަރާތްތަކުގެ ހަފްތާ (ލެބް ވީކް) ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން، އެމްއެންޔޫގެ މެޑިކަލް ލެބޯރެޓަރީ ދާއިރާއިން މަތީ ތަޢުލީމު ހާޞިލުކުރަމުންދާ ދަރިވަރުން އިސްނަގައިގެން، ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްދިޔައެވެ.
މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ މި ދަރިވަރުންނާއި ފެކަލްޓީ އޮފް ހެލްތު ސައިންސަސްގެ ދަރިވަރުންގެ ޔޫނިއަން، ހީލަރސް އަދި މޯލްޑިވްސް ބްލަޑް ސަރވިސަސް (އެމްބީއެސް) ގުޅިގެންނެވެ.
މޯލްޑިވްސް ބްލަޑް ސަރވިސަސްގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ޖުމުލަ 54 ފަރާތަކުން ބައިވެރިވެ، ލޭ ހަދިޔާކޮށްފައިވެއެވެ.
ކޮންމެ އަހަރެއްގެވެސް ފާހަގަކުރަމުން އަންނަ މެޑިކަލް ލެބޯރެޓަރީ ޕްރޮފެޝަނަލުންގެ ހަފްތާއަކީ، އެ ފަރާތްތަކުން ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކޮށް، އެ ފަރާތްތަކުން އަދާކުރަމުން އަންނަ މުޙިއްމު ދައުރާމެދު އާއްމުން ހޭލުންތެރިކުރުވުމަށް ފާހަގަކުރަމުން އަންނަ ހަފްތާއެކެވެ.
ފެކަލްޓީ އޮފް ހެލްތު ސައިންސަސްއިން ދަރިވަރު ނޫހަށް ބުނެފައިވަނީ، ދާއިމީ ގޮތެއްގައި ގަވާއިދުން ލޭ ހަދިޔާކުރުމަކީ އެއީ އެ ފެކަލްޓީގެ އަމާޒެއް ކަމަށެވެ. ލޭ ނުލިބޭ މައްސަލައަށް ދާއިމީ ހައްލުތަކެއް ހޯދޭނީ ވެސް ދާއިމީކޮށް ޤަވާއިދުން ލޭ ހަދިޔާ ކުރާނެ ބަޔަކު ހޯދިގެން ކަަމްށް ވެސް އެ ފެކަލްޓީން ބުނެއެވެ.
advertisment
ހިޔާލު