ކިހާދޫ ސްކޫލުގައި ހެއްދި އަލަނާސި އިއްޔެ ކަނޑައިފިއެވެ. 125 އަލަނާސީ ގަސް އެ ސްކޫލުގެ ދަރިވަރުން އިންދިއެވެ. އޭގެ ތެރެއިން ހެއްދުނީ މަދު ގަހެކެވެ. އަދި އަލަނާސީ އެޅީ އެންމެ ގަހެއްގައެވެ.
ކިހާދޫ ސްކޫލުގައި އިންދީ ރޯޔަލް އައިއިލެންޑް ރިސޯޓުން ހަދިޔާ ކުރި އަލަނާސީ ގަސްތަކެކެވެ. އޭރު އިންދީ އެ ސްކޫލުގެ ކޮންމެ ދަރިވަރަކާއި ސްޓާފަކަށް ގަހެކެވެ.
ކިހާދޫ ސްކޫލުގެ ޕްރިންސިޕަލް މުޙައްމަދު ޒުބައިރު ދަރިވަރު ނޫހަށް ވިދާޅުވީ، ސަތޭކާއެންހާ ގަނޑު އަލަނާސި ލިބެނޭ ކަމަށް އުއްމީދު ކުރެވުނު ނަމަވެސް އެކަށީގެންވާ ގޮތުގައި ހައްދަން މަސައްކަތް ނުކުރެވޭތީ މޭވާ އެޅީ އެންމެ ގަހެއްގައި ކަމަށެވެ. ގިނަ ގަސްތައް މަރުވެ، ހެއްދުނީ ވެސް މަދު ގަސްތަކެއް ކަމަށެވެ.
އެ ސްކޫލުގައި އަލަނާސީ ގަސް ހައްދެން ފެށީ 2023ގެ މާޗް މަހުގެ ތެރޭގައެވެ.
އޭނާ ވިދާޅުވީ، އަލަނާސި ހައްދަން އެކަށީގެންވާ މަސައްކަތްތަކެއް ކުރަންޖެހޭއިރު އެކަމަށް ޚަރަދުތަކެއް ވެސް ކުރަން ޖެހޭ ކަމަށެވެ. އަހަރެންހާ ދުވަހުގެ މަސައްކަތުން އެންމެ އަލަނާސި ގަނޑެއް ލިބުމުން ވެސް އެއީ ކާމިޔާބެއް ކަމަށާއި ކުރިމަގައުގައި އެކަން ކުރާނަމަ ލިބުނު ތަޖުރިބާއެއް ކަމަށް ޒުބައިރު ވިދާޅުވިއެވެ.
އަލަނާސީ ގަސްތައް ހެއްދުމުގެ މަސައްކަތުގައި އިސްކޮށް އުޅުނީ އެ ސްކޫލުގެ މަސައްކަތު މީހުންނެވެ.
ހިޔާލު