މި ކޮންފަރެންސް ބާއްވަނީ އަންނަ އޮކްޓޯބަރު 1ން2އަށް
ރާއްޖޭގެ ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ)ން އިންތިޒާމުކުރާ ދެވަނަ އިންޓަނޭޝަނަލް ކޮންފަރެންސް އޮން އިނޮވޭޝަންސް އިން އިންޖިނިއަރިން، ސައިންސް އެންޑް ޓެކްނޮލޮޖީ ފޯ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް (އައިސީއީއެސްޓީ 2025)ގައި ބައިވެރިވާ ފަރާތްތަކުގެ ރަޖިސްޓްރޭޝަން ފަށައިފިއެވެ.
ރަޖިސްޓްރީ ކުރުން ކުރިއަށް ގެންދަނީ އެމްއެންޔޫގެ ވެބްސައިޓް މެދުވެރިކޮށެވެ.
އައިސީއީއެސްޓީގެ ނަމުގައި މި ކޮންފަރެންސް ބާއްވާ މިއީ ދެވަނަ ފަހަރެވެ. މި ކޮންފަރެންސް ކުރިއަށް ގެންދަނީ އަންނަ އޮކްޓޯބަރު މަހުގެ 1ން2އަށެވެ.
މި ކޮންފަރެންސްގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ދިރާސާކުރާ ފަރާތްތަކާއި ދާއިރާގެ ޕްރޮފެޝަނަލުން ބައިވެރިވާނެއެވެ.
އެމްއެންޔޫއިން ބުނެފައި ވަނީ، މި ކޮންފަރެންސްގެ މައިގަނޑު ބޭނުމަކީ އެކަޑެމިކް ގޮތުން މައުލޫމާތު ބަދަލުކުރުމާއި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކާ އެއްގޮތްވާ ގޮތުގެ މަތިން އިންޖިނިއަރިންގ އާއި ސައިންސްގެ ދާއިރާއިން ދިމާވާ ގޮންޖެހުންތަކަށް ހައްލުތައް ހޯދަން މަގުފަހިކުރުމެވެ.
މި ކޮންފަރެންސްގައި ކީ ނޯޓް ސްޕީކަރުންގެ ގޮތުގައި މަޝްހޫރު ބޭފުޅުން ތަޤުރީރު ކުރައްވާނެއެވެ. އަދި ކަމާ ގުޅުން ހުރި ދާއިރާތަކާ ގުޅުން ހުރި ޕެނަލް މަޝްވަރާތަކާއި ދިރާސާތަކަށް ޚާއްޞަކޮށްގެން ޓެކްނިކަލް ސެޝަންތަކެއް ކުރިއަށް ގެންދާނެއެވެ.


advertisment
ހިޔާލު