ޙަމަދު ސްކޫލުގެ އެންމެ މޮޅު ދަރިވަރުންނަށް ޔާސްމީން އާއި ސަރާ

ލ. ގަމުގައި ހުންނަ ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލުން 2024-2023 ވަނަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުންނަކީ ޒުލައިޚާ ޔަސްމީން އާއި ސަރާ މުޙައްމަދު ސައީދެވެ.

ޔަސްމީން އެއްވަނަ އަށް ދިޔައީ ސާނަވީންނެވެ. ސަރާ އެއްވަނައަށް ދިޔައީ މަތީ ސާނަވީންނެވެ.

ޙަމަދު ސްކޫލުގެ އަހަރީ އިނާމް ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ތައުލީމީ ވުޒާރާގެ ޕާމަނަންޓް ސެކެރެޓަރީ ޝިފާޒު މުޙައްމަދެވެ.

ޔާސްމީން ވަނީ، 2024 ވަނަ އަހަރު، ސާނަވީ ނިންމާ އިމްތިޙާނުތަކުން ޤައުމީ ގަދަ ދިހައެއްގެ ހަތަރު ވަނަ ހޯދާފައެވެ. ޙަމަދު ސްކޫލުން އޭލެވެލްއަށް މިހާރު ކިޔަވަމުންދާ ޔާސްމީން ކުރިއަށްދާން ބޭނުންވަނީ ބިޒްނަސް ދާއިރާއިންނެވެ.

ގުރޭޑް 1ން 7އަށް އިހައްދޫ ސްކޫލުން ކިޔެވުމަށްފަހު، ގުރޭޑް 8ން ޙަމަދު ސްކުލާ ގުޅުނު ޔާސްމީނަކީ 2023-2024 ވަނަ ދިރާސީ އަހަރު އެ ސްކޫލުގެ ކެޕްޓަނެވެ. އަދަބީ ހަރަކާތްތަކާއި ކުޅިވަރުގެ އިތުރުން އެ ސްކޫލުން ކުރިއަށް ގެންދާ އެހެނިހެން ހަރަކާތްތަކުގައި ވެސް ބައިވެރިވި ހަރުދަނާ އިސްވާރެކެވެ. ޔުނީފޯމް ބޮޑީގެ ހަރަކާތްތަކުގެ ތެރެއިން ޔާސްމީން ޝައުޤުވެރިވީ ކެޑޭޓަށެވެ. އެންމެ ފަހުން އަދާކުރީ ކެޑޭޓްގެ ސަރޖަންޓެއްގެ މަޤާމެވެ.

މަތީ ސާނަވީން އެއްވަނަ މި އަހަރު ހޯދި ސާރާވަނީ ސާނަވީ ނިންމާ އިމްތިޙާނުތަކުން ޤައުމީ ގަދަ ދިހައެއްގެ ހަ ވަނަ މިދިޔަ އަހަރު ހޯދާފައެވެ. މިދިޔަ އަހަރު ޙަމަދު ސްކޫލުގެ ސާނަވީން އެންމެ މޮޅު ދަރިވަރަކީ ވެސް އޭނާއެވެ. މަތީ ސާނަވީ ނިންމާ އިމްތިޙާނު ތަކުގެ ހުރިހާ މާއްދާއަކުން ފާސްވެ ސްކޫލުން ތިން ވަނަ އޭނާއަށް ލިބިފައިވެއެވެ.

ސާރާވަނީ އަދަބީ ހަރަކާތްތަކާއި ކުޅިވަރާއި ޤުރުއާން ކިޔެވުމުގެ މުބާރާތްތަކުން ރަންވަނަތަކެއް ހޯދާފައެވެ. ސާރާ ކުރިއަށް ދާން ބޭނުންވަނީ ތައުލީމު ނޫނީ ސިއްޙީ ދާއިރާއިންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *