އެމްއެންޔޫގެ ތެވެލި ކޮންފަރެންސަށް އެބްސްޓްރެކްޓް ހުށައެޅުން ޖޫން 25 އަށް އިތުރުކޮށްފި

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީއިން ކޮންމެ އަހަރަކު ބާއްވާ "ތެވެލި ބައިނަލްއަގުވާމީ ކޮންފަރެންސް" އަށް އެބްސްޓްރެކްޓް ހުށަހެޅުމުގެ މުއްދަތު ޖޫން 25އަށް އިތުރުކޮށްފިއެވެ.

ތެވެލި އިންޓަރނޭޝަނަލް ކޮންފަރެންސް 2025 ގެ ތީމަކީ "އިވޯލްވިންގ ޕެރެޑައިމްސް: މަރޖިންގ ރިސަރޗް އެވިޑެންސް އެންޑް ޕްރެކްޓިކްސް" އެވެ. މި ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ 18 އިން 20 އޮގަސްޓު 2025 އަށެވެ.

އެހެން އަހަރުތަކާއި ޚިލާފަށް ތެވެލި އިންޓަރނޭޝަނަލް ކޮންފަރެންސް 2025 ގައި އެމްއެންޔޫގައި ބެޗެލެރސް ޑިގްރީ ލެވެލްގެ ކޯސްތަކުގައި ތަޢުލީމު ހާޞިލް ކުރަމުންދާ ހުރިހާ ދަރިވަރުންނަށް ހާއްސަ ކޮށްގެން ދަރިވަރުންގެ މެދުގައި

ދިރާސާކޮށް ސައިންޓިފިކް ޕޭޕަރު ލިޔުމާއި ސައިންޓިފިކް ޕްލެޓްފޯމުތަކުގައި ދިރާސާގެ އަލީގައި ހޯދާ ހޯދުންތައް ހުށަހެޅުމުގެ ޤާބިލް ކަން އިތުރުކުރުމަށްޓަކައި "ސްޓޫޑަންޓް ރިސަރޗް ސިމްޕޯޒިއަމް" އެއް ވެސް ކުރިއަށް ގެންދާނެއެވެ. މިސިމްޕޯޒިއަމް

ބޭއްވުމަށް ހަމަޖެހިފައިވަނީ 18 އޯގަސްޓް 2025 ވަނަ ދުވަހުއެވެ.

މި ކޮންފަރެންސްގައި އެކި ދާއިރާ ތަކުން އިނގިރޭސި، ދިވެހި އަދި ޢަރަބި ބަހުން ޕޭޕަރު ހުށަހެޅުއްވޭނެއެވެ. އަދި ކޮންފަރެންސްގެ ކީ ނޯޓް ސްޕީކަރސް ގޮތުގައި ވަޑައިގަންވާ އެކި ދާއިރާތަކުގެ ތަޖުރިބާކާރު ޢިލްމީ ބޭފުޅުން ނަންގަވައިދެއްވާ

"ޕޯސްޓް ކޮންފަރެންސް ސެޝަންސް" 21 އޯގަސްޓް 2025 ގައި ކުރިއަށް ދާނެއެވެ.

"ތެވެލި އިންޓަރނޭޝަނަލް ކޮންފަރެންސް 2025″ ގައި ހުށަހަޅާ ޕޭޕަރު ތަކުގެ ތެރެއިން "އައުޓް ސްޓޭންޑިންގ ޕޭޕަރ އޮފް ދަ ކޮންފަރެންސް" އަދި "އަރލީ ކެރިއަރ ރިސާ ޗަރ" ހޮވުން އޮންނާނެއެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ބެޗެލަރސް ޑިގްރީ ޕްރޮގްރާމްތަކުގައި އެނރޯލްވެ ކިޔަވަމުންދާ ދަރިވަރުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ "ސްޓޫޑަންޓް ރިސަރޗް ސިމްޕޯޒިއަމް" ތެރެއިން "އަންޑަރގްރެޖުއޭޓް ރިސާޗް އެކްސެލެންސް" އެވޯޑް އަދި "ބެސްޓް ފެކަލްޓީ އެވޯޑް" ވެސް ހޮވުން އޮންނާނެއެވެ. މިއެވޯޑުތައް ހޮވުމުގައި ބަލާނެ މިންގަނޑުތައް އަދި އާއި ގުޅޭ އިތުރު މަޢުލޫމާތު އެމްއެންޔޫގެ "ތެވެލި އިންޓަރނޭޝަނަލް ކޮންފަރެންސް 2025″ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

ސްޓޫޑެންޓް ރިސާޗް ސިމްޕޯޒިއަމްގެ އެބްސްޓްރެކްޓް ބުކް އަދި ތެވެލި 2025 ގެ އެބްސްޓްރެކްޓް ބުކް ތެވެލި އިންޓަރނޭޝަނަލް ކޮންފަރެންސް 2025 ވެބްސައިޓުގައި ޕަބްލިޝްކުރާނެއެވެ. މީގެ އިތުރުން މޯލްޑިވްސް ނެޝަނަލް ޖާނަލް އޮފް ރިސާޗް (އެމްއެންޖޭއާރު )ގެ ތެވެލި ސްޕެޝަލް އިޝޫގައި އެވޯޑްތަކަށް ހޮވޭ ކަރުދާސްތައް ޕަބްލިޝް ކުރާނެއެވެ. ކޮންފަރެންސަށް ހުށަހަޅާ ކަރުދާސްތައް އެމްއެންޖޭއާރުގެ އެހެން އިޝޫތަކުގައި ޕަބްލިޝް ކުރުމުގެ ފުރުސަތު އޮންނާނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *