ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)ގެ ފެކަލްޓީ އޮފް އިންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީން
ކުރިއަށް ގެންދިޔަ ރޮބޮޓިކްސް ހެކަތޯން ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.
8 ޓީމަކުން 28 ދަރިވަރުން ބައިވެރިވި މި ހެކަތޯން ކުރިއަށް ގެންދިޔައީ ކިއުބް ކުއެސްޓް: އޮޓޮނޮމަސް ސޯރޓިންގ ޗެލެންޖްގެ ނަމުގައެވެ.
ދެ ދުވަހުގެ މުއްދަތައް މި ހެކަތަން ކުރިއަށް ގެންދިޔައީ އެ ޔުނިވަރސިޓީގައި ކޮމްޕިއުޓަރ ސައިންސް ކިޔަވާ ދަރިވަރުންގެ ރޮބޮޓިކް މޮޑިއުލްގެ ބައެއްގެ ގޮތުންނެވެ. ރޮބްޓް އުފައްދަން ބޭނުންވާ ހުރިހާ ސާމާނެއް ފޯރުކޮށްދެނީ އެމްއެންޔޫއިންނެވެ.
ފެކަލްޓީ އޮފް އިންޖިނިއަރިންގ ސައިންސް އެންޑް ޓެކްނޮލޮޖީގެ ޑީން އާދަމް ޚާލިދު ދަރިވަރު ނޫހަށް މީގެ ކުރިން ވިދާޅުވި ގޮތުގައި، ރޮބޮޓިކް ދާއިރާއަށް ދަރިވަރުން އަހުލުވެރިކުރުވުމާއި މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުޞަތު ދަރިވަރުންނަށް ހޯދައިދިނުން ވެސް މި ހެކަތަންގެ މަޤްޞަދެކެވެ. ދަރިވަރުންގެ އުފެއްދުންތެރިކަމާއި ވަޒީފާގެ މާހައުލުގައި ދިމާވާ ގޮންޖެހުންތައް ހައްލު ކުރުމަށް މަގުފަހިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ހެކަތޯންގައި ހަތަރުވަނައެއް ހޮވައި، އެވޯޑް ދީފައިވެއެވެ. އެއީ އެންމެ ރަނގަޅު ރޮބަޓް އުފެއްދި ގުރޫޕް، އެންމެ މޮޅު ޑިޒައިން، އެންމެ މޮޅު ޕްރޮގްރާމްގެ އިތުރުން އޯޑިއަންސަށް އެންމެ ކަމުދިޔަ ރޮބަޓެވެ.
ހިޔާލު