ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން "ލިޓްލް ލެޖިސްލޭޓާސް ޕްރޮގްރާމް"އެއް ދަރިވަރުންނަށް

ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ރައްޔިތުންގެ މަޖިލީހުން ކުރިއަށް ގެންދިޔަ "ލިޓްލް ލެޖިސްލޭޓާސް ޕްރޮގްރާމް" އަކީ ސްކޫލް ދަރިވަރުންގެ މެދުގައި ހޭލުންތެރިކަން އިތުރުކޮށް، ބަރުލަމާނީ މަރުހަލާތައް ދެނެގަތުމުގެ މަގްސަދުގައި ކުރިއަށް ގެންދިޔަ ތައުލީމީ ޕްރޮގްރާމެކެވެ.

MAJLIS

މި ޕްރޮގްރާމުގައި މާލޭ ސަރަހައްދުގެ އެކި 15 ސްކޫލަކުން 15 އަންހެން ކުދިންނާއި 15 ފިރިހެން ކުދިން ހިމެނޭ ގޮތަށް 30 ދަރިވަރުން ބައިވެރިވެފައިވެއެވެ. މި ޕްރޮގްރާމުގައި ބައިވެރިވީ ކީ ސްޓޭޖް 3 (ގްރޭޑް 7 އަދި 8) ގެ ދަރިވަރުންނެވެ.

އެއް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ، ރައްޔިތުންގެ މަޖިލީހުގެ އޮނިގަނޑާއި، މަސައްކަތްތަކާއި، ދައުރުތަކާ ބެހޭ ގޮތުން ދަރިވަރުންނަށް މައުލޫމާތާއި އެކަންތައްތައް އަމިއްލައަށް ތަޖުރިބާ ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ.

ބިލްތައް ހުށަހަޅައި، އެއަށް ބަހުސްކޮށް، ބިލް ފާސްކުރާ ގޮތާއި، ޤާނޫނު ހަދާ މަރުހަލާ ކުރިއަށް ގެންދާ ގޮތް ދަރިވަރުން ވަނީ ތަމްސީލުކޮށްފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކަން ހިންގަމުން އަންނަ ގޮތަށް، މެމްބަރުންނާއި މަޖިލީހުގެ ރައީސާއި މިނިސްޓަރުން ފަދަ މަގާމުތައް ދަރިވަރުން އަދާކުރުމުގެ އިތުރުން ނަމޫނާ ބިލަކަށް ބަހުސް ކޮށްފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *