ހިރިޔާ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލަކަށް ރާފިއު ޖަމީލު ހަމަޖައްސައިފިއެވެ.
ރާފިއުއަކީ ޕްރިންސުޕަލުން ތަމްރީނު ކުރުމަށް އެންމެ ފަހުން ސަރުކާރުން ހިންގި ޕްރޮގްރާމުގެ ދަށުން ދަސްވެނިވި ބައިވެރިންގެ ތެރެއިން އެއްބައިވެރިއެކެވެ.
ތަޢުލީމީ ދާއިރާގައި ރާފައިު މަސައްކަތް ކުރައްވަން ފެއްޓެވީ 2007 ވަނަ އަހަރު އައްޑޫ އިސްލާމިއްޔާ ސްކޫލުގެ ޓީޗަރެއްގެ ގޮތުގައެވެ. އިސްމާމިއްޔާ ސްކޫލަކީ މިހާރުގެ އައްޑޫ ހައި ސްކޫލެވެ. އައްޑޫ ހައި ސްކޫލުގެ ލީޑިންގ ޓީޗަރެއްގެ ގޮތުގައި އަށް އަހަރު، އަދި ޑެޕިއުޓީ ޕްރިންސިޕަލެއްގެ ގޮތުން ދޮޅު އަހަރެއްހާ ދުވަހު ރާފިއު ވަނީ މަސައްކަތް ކުރައްވާފައެވެ.
ޕްރިންސިޕަލެއްގެ ގޮތުން އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ ފުވައްމުލައް ހާފިޒު އަޙްމަދު ސްކޫލުގައެވެ. އޭގެ ފަހުން މަސައްކަތް ކުރެއްވީ ވ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.
ޑެޕިއުޓީ ޕްރިންސިޕަލަކަށް ހަމަޖެއްސެވުމާ ގުޅިގެން ހިރިޔާ ސްކޫލުން ވަނީ ރާފިއުއަށް މިއަދު މަރުޙަބާ ދަންނަވާފައެވެ.
ހިޔާލު