ރޮބޮޓިކްސް ހެކަތޯން – ރޮބެޓިކްސް ދާއިރާއަށް ދަރިވަރުން އަހުލުވެރިކުރަން މުހިންމު ފުރުޞަތެއް

މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ( އެމްއެންޔޫ) ގެ ދަރިވަރުންނަށް ބާއްވާ ރޮބޮޓިކް ހެކަތަން ފެށީ މިއަދު ހެނދުނުއެވެ.

މި ހެކަތަން ކުރިއަށް ގެންދަނީ އެ ޔުނިވަރސިޓީގައި ކޮމްޕިއުޓަރ ސައިންސް ކިޔަވާ ދަރިވަރުންގެ ރޮބޮޓިކް މޮޑިއުލްގެ ބައެއްގެ ގޮތުންނެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ހެކަތަންގައި ރޮބްޓް އުފައްދަން ބޭނުންވާ ހުރިހާ ސާމާނެއް ފޯރުކޮށްދެނީ އެމްއެންޔޫއިންނެވެ. ދަރިވަރުންގެ އުފެއްދުންތައް ދައްކާލާނީ ހެކަތަން ނިންމާލަން އަންނަ ހޮނިހިރު ދުވަހުގެ ރޭ ބާއްވާ ޚާއްޞަ އިވެންޓެއްގައެވެ.

ފެކަލްޓީ އޮފް އިންޖިނިއަރިންގ ސައިންސް އެންޑް ޓެކްނޮލޮޖީގެ ޑީން އާދަމް ޚާލިދު މިއަދު ދަރިވަރު ނޫހަށް ވިދާޅުވި ގޮތުގައި، ރޮބޮޓިކް ދާއިރާއަށް ދަރިވަރުން އަހުލުވެރިކުރުވުމާއި މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުޞަތު ދަރިވަރުންނަށް ހޯދައިދިނުން ވެސް މި ހެކަތަންގެ މަޤްޞަދެކެވެ. ދަރިވަރުންގެ އުފެއްދުންތެރިކަމާއި ވަޒީފާގެ މާހައުލުގައި ދިމާވާ ގޮންޖެހުންތައް ހައްލު ކުރުމަށް މަގުފަހިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

8 ޓީމަކުން 28 ދަރިވަރުން ބައިވެރިވި މި ހެކަތޯން ކުރިއަށް ގެންދިޔައީ ކިއުބް ކުއެސްޓް: އޮޓޮނޮމަސް ސޯރޓިންގ ޗެލެންޖްގެ ނަމުގައެވެ.

ރޮބޮޓިކްސް އަކީ މިހާރު ދުނިޔޭގައި އެންމެ ބޮޑަށް ކުރިއަރަމުންދާ އެއް ދާއިރާ ކަމަށްވާއިރު، އެއަށް ފެމެލިއާ ކުރުމާއި، ޝައުޤުވެރިކަން ބޮޑުކުރުން ވެސް މުހިންމު ކަމަށް އޭނާ ޚާލިދު ވިދާޅުވިއެވެ.

މިއީ ދަރިވަރުންނަށް ވާދަކުރެވޭ ގޮތަށް މިފަދަ ހަރަކާތެއް ކުރިއަށް ގެންދާ ފުރަތަމަ ފަހަރެވެ.

ހެކަތަންގައި އެންމެ މޮޅު އުފެއްދުމަށް އިނާމް ދޭން ވަނީ ނިންމާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *