ބެސްޓް ހިއުމަން ރައިޓްސް ކުލަބާއި ޔަންގް ހިއުމަން ރައިޓްސް އެޑްވޮކޭޓް އެވޯޑަށް އިއުލާން ކޮށްފި

ޔަންގް ހިއުމަން ރައިޓްސް އެޑްވޮކޭޓް އެވޯޑް 2023 ވަނަ އަހަރު ލިބުނު ރެހެންދި ސްކޫލުގެ ފާތިމަތު އާލާ އަބްދުﷲ ސޯލިޙްއަށް ސެޓިފިކެޓް ހަވާލުކޮށްދެއްވަނީ- ފޮޓޯ: އެޗްއާރުސީއެމް

"ބެސްޓް ހިއުމަން ރައިޓްސް ކްލަބް 2024-2025″ އެވޯޑް އަދި "ޔަންގް ހިއުމަން ރައިޓްސް އެޑްވޮކޭޓް 2024-2025″ އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ހުޅުވާލައިފިއެވެ.

މައީ ހިއުމަން ރައިޓްސް ކްލަބްތަކުންނާއި އެ ކްލަބްތަކުގެ ދަރިވަރުން ކުރާ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން ދޭ އެވޯޑްތަކެކެވެ. މި ދެ އެވޯޑް ދެވޭނީ ކޮންމެ ދިރާސީ އަހަރެއްގެ އެވޯޑަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ހާސިލުކޮށްފައިވާ އެންމެ ހަރަކާތްތެރި ހިއުމަން ރައިޓްސް ކްލަބަކަށާއި ހިއުމަން ރައިޓްސް ކްލަބްގެ ދަރިވަރަކަށެވެ.

މި ދެ އެވޯޑް ދިނުމުގެ މައިގަނޑު މަޤްޞަދަކީ އިންސާނީ ޙައްޤުތަކަށް ސްކޫލްތަކުގެ ދަރިވަރުން އަޙުލުވެރިކުރުވައި، މުސްތަޤްބަލްގައި ހިއުމަން ރައިޓްސް ޑިފެންޑަރުންގެ ގޮތުގައި މަސައްކަތްކުރާނެ ދަރިވަރުންތަކެއް އުފެއްދުމަށް ބާރުއެޅުން ކަމަށް އެޗްއާރުސީއެމްއިން ބުނެއެވެ.

މި ދެ އެވޯޑަށް ކުރިމަތިލާން ހުޅުވާލާފައި ވަނީ ޖޫން މަހުގެ 19ޖޫން އަށެވެ.

ބެސްޓް ހިއުމަންރައިޓްސް ކުލަބު ހޮވުމުގައި ހަތް ދާއިރާއަކަށް ބަލައެވެ. އެއީ:

  • ކްލަބްގެ ހަރަކާތްތައް ގެންދާނެ ގޮތުގެ އަހަރީ ޕްލޭންއެއް އޮތުން
  • ހަރަކާތްތައް ޕްލޭންއާ އެއްގޮތަށް ކުރިއަށް ގެންދެވުނު މިންވަރު
  • ކްލަބްގެ މެންބަރުންގެ އަދަދު
  • ކްލަބުން ހިންގާފައިވާ ހަރަކާތްތައް
  • ހަރަކާތްތައް އެހެން އިދާރާއެއް ނުވަތަ ސްކޫލެއް ނުވަތަ ސްކޫލްތަކުގެ ހިއުމަން ރައިޓްސް ކްލަބްތަކާއި ގުޅިގެން ހިންގުން
  • ސްކޫލް މާހައުލުން ބޭރުގައި ކްލަބްގެ ފަރާތުން ހިންގާފައިވާ ހޭލުންތެރިކުރުމުގެ ހަރަކާތްތައް
  • ކްލަބުން ހިންގާފައިވާ ޕްރޮގްރާމްތަކުގައި ބައިވެރިވި/މައުލޫމާތު ދެވުނު ކުދިން ނުވަތަ މީހުންގެ އަދަދު

ޔަންގް ހިއުމަން ރައިޓްސް އެޑްވޮކޭޓް އެވޯޑް ދިނުމުގައި ބަލަނީ މައިގަނޑު ހަތަރު ކަމަކަށެވެ. އެއީ:

  • ކްލަބްގައި ހޭދަކުރާ މުއްދަތު
  • ކްލަބް ހިންގުމުގެ މަޤާމެއް އަދާކުރުން
  • ކްލަބުން ހިންގި ހަރަކާތްތަކުގައި ބައިވެރިވުން
  • އަމިއްލައަށް އިސްނަގައިގެން ހިންގި ކްލަބް ހަރަކާތްތައް

މި އެވޯޑަށް ކުރިމަތިލުމަށް ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމް، އެވޯޑަށް ހޮވުމުގައި ބަލާނެ މިންގަނޑު، އަދި އިތުރު މައުލޫމާތު އެޗްއާރުސީއެމްގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *