މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (އެމްޕީއޭއޯ) އިން ކުރިއަށް ގެންދާ ޕެންޝަން އޮފީސް ސްކޮލަޝިޕް ޕްރޮގްރާމްގެ ދަށުން ބެޗްލާރަސް ޑިގްރީއަށް ކިޔަވަން އަލުން ހުޅުވާލައިފިއެވެ. މިއީ މި އަހަރު ސްކޮލަރޝިޕަށް ހުޅުވާލާ ދެވަނަ ފަހަރެވެ. ފުރަތަމަ ހުޅުވާލީ މިދިޔަ ފެބުރުވަރީ މަހުގެ 9 ވަނަ ދުވަހުއެވެ.
ސްކޮލަރޝިޕް ޕްރޮގްރާމުގެ ދަށުން ކިޔަވަން ހުޅުވާލާފައި ވަނީ، އެކްޗުއަރިއަލް ސައިންސް އާއި އިކޮނޮމިކްސް އާއި ފައިނޭންޝަލް ރިޕޯޓިންގ އެންޑް އެނަލިޓިކްސްގެ ދާއިރާއިން ބެޗްލަރސް ޑިގްރީއަށް ކިޔަވާށެވެ. މިއިން ކޮންމެ ދާއިރާއަކުން ވެސް ދެނީ އެންމެ ޖާގައެކެވެ.
ޕެންޝަން އޮފީހުގެ ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ ޖުލައި މަހުގެ 10 ވަނަ ދުވަހުގެ ހަވީރު 4:00އެވެ.
ޕެންޝަން އޮފީހުގެ އިއުލާނުގައި ބުނެފައިވާ ގޮތުގައި، ދެވަނަ ފަހަރަށް ހުޅުވާލާތީ، ކުރިން ހުޅުވާލި ފުރުޞަތުގައި އެޕްލިކޭޝަން ހުށައެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުފުރިހަމަވި ފަރާތްތަކުން އަލުން އެޕްލިކޭޝަންތައް ހުށައަޅަން ނުޖެހޭނެ ކަމަށެވެ.
އެ އިއުލާނުގައި އިތުރަށް ބުނެފައިވާ ގޮތުގައި، ޝޯޓްލިސްޓްކުރާ ފަރާތްތަކުގެ އިންޓަވިއުއަށް ހުޅުވާލާނީ 20 ޖުލައި 2025 އިން 24 ޖުލައި 2025 ގެ ނިޔަލަށެވެ. ޕްރޮގްރާމުގެ އިނާޔަތްތަކާއި، ޝަރުތު ހަމަވާ މިންގަނޑާއި، އެޕްލިކޭޝަން ޕްރޮސެސް އަދި ހޮވުމުގެ މަރުހަލާގެ ފުރިހަމަ މައުލޫމާތު އެ އޮފީހުގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށެވެ.
advertisment
ހިޔާލު