600 ޒުވާނުން މަސައްކަތްތެރިކަމުގެ ދާއިރާއިން ތަމްރީނު ކުރަނީ

މޯލްޑިވްސް އެންހޭންސިންގ އެމްޕްލޯޔަބިލިޓީ އެންޑް ރެޒިލިއަންސް އޮފް ޔޫތު ޕްރޮޖެކްޓް (މީރީ ޕްރޮޖެކްޓް) ގެ ފަރާތުން ފަންޑުކޮއްގެން ކުރިއަށްގެންދާ "ފިއުޗަރ-ރެޑީ ޔޫތު ޕްރޮގްރާމް"ގެ ދަށުން 600 ޒުވާނުންނަށް މަސައްކަތްތެރިކަމުގެ ދާއިރާއިން ތަމްރީނު ފޯރުކޮށްދިނުމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާ އިން ވަނީ ދެ އިންސްޓިޓިއުޓްއަކާއި އެކު އެއްބަސްވުންތަކެއްގައި ސޮއިކޮށްފައެވެ.

މި އެއްބަސްވުންތަކުގައި، މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ)ގެ ފަރާތުން ސޮއިކުރެއްވީ އެ އިންސްޓިޓިއުޓްގެ ޑައިރެކްޓަރ އޮފް ޕްރޮގްރާމްސް، އާދަމް ހަލީމެވެ. އަދި އައިލޭންޑް އިންސްޓިޓިއުޓް އޮފް ޓަރޝަރީ އެޑިޔުކޭޝަން (އައިއައިޓީއީ)ގެ ފަރާތުން ސޮއިކުރެއްވީ އެ އިންސްޓިޓިއުޓްގެ އެސިސްޓަންޓް ޑިރެކްޓަރ، ފާތިމާތު މައީޝާއެވެ.

ފިއުޗަރ- ރެޑީ ޔޫތު ޕްރޮގްރާމް"ގެ މަޤްސަދުތަކުގެ ތެރޭގައި، ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމާއި، ބިދޭސީ މަސައްކަތްތެރިންގެ މައްޗަށް ބަރޯސާވާ މިންވަރު ކުޑަކުރުމާއި ބިދޭސީން ގިނަ ދާއިރާތަކުން ދިވެހި ޒުވާނުން ތަމްރީނު ކުރުން ހިމެނެއެވެ. އެގޮތުން، މި ޕްރޮގްރާމަކީ 16 އަހަރާއި 35 އަހަރާއި ދެމެދުގެ ޒުވާނުންނަށް އަމާޒުކޮށް ހިންގާ ޕްރޮގްރާމެކެވެ.

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާގެ ދަށުން މަސައްކަތް ކުރަމުންދާ، މޯލްޑިވްސް އެންހޭންސިންގ އެމްޕްލޯޔަބިލިޓީ އެންޑް ރެޒިލިއަންސް އޮފް ޔޫތު ޕްރޮޖެކްޓް (މީރީ ޕްރޮޖެކްޓް) އަކީ ވޯލްޑް ބޭންކްގެ އެހީގައި ހިންގާ 20 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓް ތަންފީޒުކުރަނީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާ އަދި އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ދަށުންނެވެ.

"ފިއުޗަރ-ރެޑީ ޔޫތު ޕްރޮގްރާމް"ގެ ދަށުން ކުރިއަށްގެންދާ ކޯސްތަކަކީ މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމް.އެން.އެސް.ޑި.އޭ)ގެ ސެޓިފައިޑް ޕްރެކްޓިކަލް އަދި ތިއަރީ ހިމެނޭގޮތަށް ހިންގާ ކޯސްތަކެކެވެ.

"ފިއުޗަރ-ރެޑީ ޔޫތު ޕްރޮގްރާމް" ގެ ދަށުން އެމްއައިޓީއިން ކުރިއަށް ގެންދަނީ:
  • ނެޝަނަލް ސެޓްފިކެޓް 3 އިން ޖުވެލަރީ ޑިޒައިން އެންޑް މެނުފެކްޗަރިންގ
  • ނެޝަނަލް ސެޓްފިކެޓް 3 އިން ގާޑެނިންގ
  • ނެޝަނަލް ސެޓްފިކެޓް 3 އިން ހައުސް ކީޕިން
  • ނެޝަނަލް ސެޓްފިކެޓް 3 އިން އެއަރޕޯޓް ރެޕްރެޒެންޓޭޓިވް ސަރވިސެސް
  • ނެޝަނަލް ސެޓްފިކެޓް 3 އިން ފްރަންޓް އޮފިސް ސަރވިސެސް
  • ނެޝަނަލް ސެޓްފިކެޓް 3 އިން ބަރިސްޓާ
  • ނެޝަނަލް ސެޓްފިކެޓް 3 އިން ވޭސްޓް-ޓު-ވެލްތު
  • ނެޝަނަލް ސެޓްފިކެޓް 3 އިން އިންވެންޓްރީ މެނޭޖްމަންޓް
  • ނެޝަނަލް ސެޓްފިކެޓް 3 އިން ޓުއަރ ގައިޑިންގ
  • ނެޝަނަލް ސެޓްފިކެޓް 3 އިން ކޭޝިއަރިންގ
  • ނެޝަނަލް ސެޓްފިކެޓް 3 އިން ކޮމްޕެނީ އެޑްމިނިސްޓްރޭޝަން
"ފިއުޗަރ-ރެޑީ ޔޫތު ޕްރޮގްރާމް" ގެ ދަށުން އައިއައިޓީއީއިން ކުރިއަށް ގެންދަނީ:
  • ނެޝަނަލް ސެޓްފިކެޓް 3 އިވެންޓް މެނޭޖްމަންޓް
  • ނެޝަނަލް ސެޓްފިކެޓް 3 އިން ފްލެބޮޓޮމީ
  • ނެޝަނަލް ސެޓްފިކެޓް 3 އިން އާޓް ސްކިލްސް
  • ނެޝަނަލް ސެޓްފިކެޓް 3 އިން ކޮމްޕިއުޓަރ ހާޑް ވެއަރ އެންޑް ނެޓްވޯކިންގ
  • ނެޝަނަލް ސެޓްފިކެޓް 3 އިން ޕްރޮގްރާމިންގ
  • ނެޝަނަލް ސެޓްފިކެޓް 3 އިން ސްކޫލް ލެބޯޓަރީ ޓެކްނީކްސް
  • ނެޝަނަލް ސެޓްފިކެޓް 3 އިން ގެސްޓް ހައުސް އޮޕަރޭޝަންސް

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *