މި އަހަރުގެ ދެވަނަ ޓާމުގެ ކޯސްތަކަށް އެމްއެންޔޫއިން ހުޅުވާލައިފި

މި އަހަރުގެ ދެވަނަ ޓާމުގެ ކޯސްތަކަށް ދިވެހިރާއްއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން ހުޅުވާލައިފިއެވެ.

އެ ޔުނިވަރސިޓީން އިއްޔެ ކުރި އިއުލާނުގައި ބުނެފައި ވަނީ، 2025 ވަނަ އަހަރުގެ އޮގަސްޓު މަހު ފަށާ ކޯސްތަކަށް ވަނުމުގެ ފުރުޞަތު 29 މޭ 2025 ވާ ބުރާސްފަތި ދުވަހު ހެނދުނު 8:00 އިން ފެށިގެން 5 އޮގަސްޓް 2025 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 14:00ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

އެ އިއުލާނުގައި ބުނެފައި ވަނީ، ދެވަނަ ޓާމުގުގައި މެރިޓް އުސޫލުން (ކުރިން ލިބިފައިވާ ތަޢުލީމީ ނަތީޖާތަކަށް ޕޮއިންޓް ދީގެން) ހަތަރު ކޯހެއް ހިންގަން ނިންމާފައިވާ ކަމަށެވެ. މި ހަތަރު ކޯހަކީ ވެސް ސިއްޚީ ދާއިރާއާ ގުޅުން ހުރި ހަތަރު ކޯހެވެ. މެރިޓް އުޞޫލުން ޖާގަ ދިނުމަށް ހަމަޖެހިފައިވާ ކޯސްތަކަކީ:

  1. ބެޗްލަރ އޮފް ފިޒިއޯތެރަޕީ – ކ. މާލެ
  2. އެޑްވާންސްޑް ސެޓްފިކްޓް އިން ނަރސިންގ – ކ. މާލެ، ހދ. ކުޅުދުއްފުށި، ލ. ގަން، ގދ. ތިނަދޫ، ސ.ހިތަދޫ
  3. އެޑްވާންސްޑް ޑިޕްލޮމާ އިން ނަރސިންގ (އޮޕްޝަން ބީ) – ކ. މާލެ، ހދ. ކުޅުދުއްފުށި، ލ. ގަން، ގދ. ތިނަދޫ، ސ.ހިތަދޫ
  4. ބެޗްލަރ އޮފް ނަރސިންގ (އޮޕްޝަން ބީ) – ކ. މާލެ ، ހދ. ކުޅުދުއްފުށި

އެމްއެންޔޫ ބުނީ، ބެޗްލަރ އޮފް ނަރސިންގ (އޮޕްޝަން ސީ) ޕްރޮގްރާމުގެ ފަހު ބުރު ހިންގާނީ މި އަހަރު ކަމަށާއި އޭގެ ފަހުން އެ ޕްރޮގްރާމް ކުރިއަށް ނުގެންދާނެ ކަމަށެވެ.

އެމްއެންޔޫ ބުނި ގޮތުގައި، ދެވަނަ ޓާމުގައި ފަށާ ކޯސްތަކާ ބެހޭ މަޢުލޫމާތު  courses.mnu.edu.mv/އިން ލިބެން ހުންނާނެއެވެ. ކޯސްތަކަށް އެޕްލައިކުރުން ޖެހެނީ  portal.mnu.edu.mvޕޯރޓަލް މެދުވެރިކޮށެވެ. އިތުރު މަޢުލޫމާތު [email protected]  އަށް މެއިލް ކުރުމުން ނުވަތަ 1445 ނަމްބަރު ފޯނުން ވެސް ލިބޭނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *