ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)ގެ ޖޮބް ފެސްޓިވަލް ފަހި ފުރުޞަތު މިއަދު ފަށައިފިއެވެ. މިއަދު ހަވީރު އޮތް ރަސްމިއްޔާތުގައި މި ފެއަރ ހުޅުވައިދެއްވީ އެ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރު ޑރ. އާއިޝަތު ޝެހެނާޒު އާދަމެވެ.
މި ފެސްޓިވަލް މިއަދާއި މާދަމާ ވެސް ކުރިއަށް ދާނެއެވެ. ޖޮބް ފެސްޓިވަލް ކުރިއަށް ދާނީ ހަވީރު 16:00 ން 18:00 އަދި 20:00 ން 22:00 އަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒު އަދި ކެމްޕަސް ތަކުގައެވެ. މި ފެސްޓިވަލް އެ ޔުނިވަރސިޓީން ދަސްވެނިވާ ދަރިވަރުންނާއި އާންމުންނަށް ވަނީ ހުޅުވާލާފައެވެ.
މިފަހަރު ޖޮބްފެސްޓިވަލުގައި އެމްއެންޔޫ ހިމެނޭހެން 31 ފަރާތަކުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތައް، އަދި އަމިއްލަ ކުންފުނިތައް ހިމެނެއެވެ. މި ފަހަރުގެ ޖޮބް ފެއަރގައި 500 އަށް ވުރެ ގިނަ ވަޒީފާގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ބާއްވާ ވަޒީފާ ޖޮބް ފެސްޓިވަލަކީ ދިވެހިރާއްޖޭގައި ވަޒީފާ އުފައްދާ ފަރާތްތަކާއި، ވަޒީފާ ދޭ ފަރާތްތަކާއި، ދަސްވެނިވަމުންދާ ދަރިވަރުންނާއި ވަޒީފާ ހޯދާފަރާތްތަކާއި އެކި ކަހަލަ ފަންނީ ހުނަރުވެރި ދާޢިރާތަކުން ކުރިއަށްދާން ބޭނުންވާ ފަރާތްތަކާއި ގުޅުވާލަދޭ ބާޒާރެކެވެ.
އެމްއެންޔޫއިން ބުނީ، މި ޖޮބް ފެސްޓިވަލް ބޭއްވުމުގެ މަޤްޞަދަކީ، ދިވެހިރާއްޖޭގައި އެކިކަންކޮޅުތަކުގަޔާއި މާލޭގައި ހުރި ވަޒީފާގެ ފުރުޞަތުތަކާއި އެކި މުއައްސަސާތަކުގައި ހުރި ތަފާތު އެކިކަހަލަ އާމްދަނީ ނުވަތަ މަސައްކަތުގެ ތަޖްރިބާ ލިބޭނެފަދަ ފުރުޞަތުތައް އާންމުންނަށް ދައްކާލެވޭނޭ ފުރުޞަތު ތަނަވަސްކޮށްދެވޭނެ ފަދަ މާޙައުލެއް ޤާއިމު ކޮށްދިނުމާއި، އާންމުންނާއި ހިސާބަށް އެހާ ބޮޑަށް ފޯރުކޮށްނުދެވިހުރި އެކި ކަހަލަ ފުރުޞަތުތައް ބްރޭންޑުތައް ނުވަތަ ވައްތަރުތައް އާންމުންނާ ހަމައަށް ގެނެސް ދެވޭނޭ މާޙައުލެއް އުފެއްދުމެވެ.
advertisment
ހިޔާލު