"ޓީ ވިތް ޕްރިންސިޕަލް" އަމީނިއްޔާ ސްކޫލުގައި ފަށައިފިއެވެ.
އަމީނިއްޔާއިން ބުނި ގޮތުގައި، ޓީ ވިތް ޕްރިންސިޕަލް" މި ޕްރޮގްރާމަކީ ދަރިވަރުންގެ ޚިޔާލާއި ޚިޔާލާއި ކަންބޮޑުވުންތައް ސީދާ ޕްރިންސިޕަލަށް ފަސޭހަކަމާއެކު ހާމަކުރެވޭނެ ރައްކާތެރި މާހައުލެއް ދަރިވަރުންނަށް ހޯދައި ދިނުމަށް ފެށި ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމުގެ ސަބަބުން ދަރިވަރުންނާއި ސްކޫލް ލީޑަރޝިޕްގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެ ހަރުދަނާވެގެން ދިއުމުގެ އިތުރުން ސްކޫލުގެ ކުރިއެރުމާއި ދަރިވަރުންނަށް ފޯރުކޮށްދޭން ޖެހޭ ޚިދުމަތްތައް ރަނގަޅު ކުރުމަށް ކުރަމުން އަންނަ މަސައްކަތުގައި އިސްނަގައިގެން އަމަލީ ގޮތުން ބައިވެރިވުމުގެ ބާރު ދަރިވަރުންނަށް ލިބިގެންދާނެ ކަމަށް އެ ސްކޫލުން ދެކެއެވެ. އަދި މި ޕްރޮގްރާމުގެ ސަބަބުން ޕްރިންސިޕަލަށް ދަރިވަރުންގެ ބޭނުންތަކާއި ގޮންޖެހުންތަކާއި ވިސްނުންތައް ރަނގަޅަށް ދެނެގަނެ، ދަރިވަރުންނާއި އެޑްމިނިސްޓްރޭޝަނާ ދެމެދު ހުރި ހުރަސްތައް ނައްތާލައި، އެއްބަޔަކު އަނެއް ބަޔަކަށް އިޙުތިރާމާއި ހުޅުވާލެވިފައިވާ މަޝްވަރާތަކަށް ހިތްވަރު ލިބިގެންދާނެ ކަމަށް ވެސް އެ ސްކޫލުން ދެކެއެވެ.
މި ޕްރޮގްރާމް ފެށުމުގެ ގޮތުން ޕްރިންސިޕަލާއެކު ބައިވެރިވީ ގުރޭޑް 10ގެ ދަރިވަރުންގެ ތެރެއިން ބައެއް ދަރިވަރުންނެވެ.
މި ފަދަ ޕްރޮގްރާމެއް ހިރިޔާ ސްކޫލުން ވެސް ހިންގަމުން ގެންދެއެވެ. އެ ސްކޫލުގައި އެ ޕްރޮގްރާމް ތައާރާފު ކުރެއްވީ އޭރު އެ ސްކޫލުގެ ޕްރިންސިލް ރިންޒީ ވަހީދެވެ.


advertisment
ހިޔާލު