މެޝިނުގައި ދަރިވަރު ކާޑު ޖައްސާލުމާ އެކު ދަރިވަރު ސްކޫލަށް ހާޒިރުވެއްޖެކަމުގެ މެސެޖެއް ބެލެނިވެރިޔާގެ ފޯނަށް އެސްއެމްއެސް އެއް މެދުވެރިކޮށް ފޮނުވާނެ
ސެންޓަރ ފޯރ ހަޔަރ ސެކަންޑްރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ) މާލޭގައި ކިޔަވަމުންދާ ދަރިވަރުންގެ ހާޒިރީ ބަލަން އިލެކްޓްރޯނިކް އެޓެންޑެންސް ސިސްޓަމެއް ޤާއިމްކޮށްފިއެވެ. މިއީ މިފަދަ ސިސްޓަމެއް މެދުވެރިކޮށް ސަރުކާރު ސްކޫލެއްގައި ދަރިވަރުންގެ ހާޒިރީ ބަލަން ފެށި ފުރަތަމަ ފަހަރެވެ.

އާދީއްތަ ދުވަހުން ފެށިގެން ދަރިވަރުންގެ ހާޒިރީ އިލެކްޓްރޯނިކް އެޓެންޑެންސް ސިސްޓަމް މެދުވެރިކޮށް ބަލަން ފަށާފައިވާއިރު، މި އިނޮވޭޓިވް ސިސްޓަމްގެ ސަބަބުން ދަރިވަރުންގެ ހާޒިރީ ޓްރެކް ކުރުމުގެ މަރުހަލާ ސްޓްރީމްލައިންކޮށް، ވަގުތުން ރެކޯޑްކުރެވި ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ އެވެ. މި ނިޒާމުގެ އެންމެ މުހިންމު އެއް ސިފައަކީ މައިންބަފައިންނާއި ބެލެނިވެރިންނަށް އެކުދިން ސްކޫލަށް ހާޒިރުވާ ކޮންމެ ފަހަރަކު އެސްއެމްއެސް ނޮޓިފިކޭޝަން ލިބި، މުވާސަލާތީ ގޮތުން ރަނގަޅު އަދި ދެފުށް ފެންނަ ގޮތަށް ކަންކަން ހަމަޖެހިގެން ދިއުން ކަމަށް ސީއެޗްއެސްއީ މާލެއިން ބުނެއެވެ.

މި އާ ނިޒާމުގެ ސަބަބުން ދަރިވަރުންނަށާއި ބެލެނިވެރިންނަށް ސްކޫލް މާހައުލަކީ މިހާރަށްވުރެ ހަރުދަނާ ރައްކާތެރި މާހައުކަކަށް ވާނެ ކަމުގެ ޔަގީންކަން ލިބިގެންދާނެ ކަމަށް އެ ސްކޫލުން ބުނެއެވެ.
ސީއެޗްއެސްއީ މާލޭގައި ކިޔަވައިދޭން ފެށި މިދިޔަ އަހަރުއެވެ.
advertisment
ހިޔާލު