ސްޓޫޑެންޓް ލޯނުގެ އެޕްލިކޭޝަން ފޯމް "ރީ ސަބްމިޓް" ކުރަން ދިން މުއްދަތު މެއި 22އަށް

ސްޓޫޑެންޓް ލޯނަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން އަލުން ފޯމް ހުށައަޅަން ދިން މުއްދަތު މެއި 22އަށް އިތުރުކޮށްދީފައިވާ ކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

އެ ވުޒާރާއިން އިއްޔެ ކުރި އިއުލޭނެއްގައި ބުނެފައި ވަނީ، " ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދަން ދޭ ލޯނަށް އެދި އެޕްލިކޭޝަން ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމް ރީސަބްމިޓް ކުރުމަށް ފުރުޞަތު ދީފައިވާ ފަރާތްތަކަށް އެޕްލިކޭޝަން ރީސަބްމިޓް ކުރުމުގެ މުއްދަތު 22 މެއި 2025 ވާ ބުރާސްފަތި ދުވަހުގެ 13:30 އަށް އިތުރުކޮށްފައިވާ ކަމުގައި ދެންނެވީމެވެ"

އެ އިއުލާނުގައި އިތުރަށް ބުނެފައި ވަނީ، އެޕްލިކޭޝަން ފޯމް ރީސަބްމިޓް ކުރުމަށް ފުރުޞަތު އެދޭ ފަރާތްތަކުން ތިރީގައިވާ ގޫގުލް ފޯމް ފުރިހަމަކުރައްވާ ސަބްމިޓްކުރެއްވުން އެދެމެވެ. މި ގޫގުލް ފޯމް ސަބްމިޓްކުރުމުން މައިއެޑިޔު ޕޯޓަލުން އެޕްލިކޭޝަން ފޯމުގެ ސްޓެޓަސް Application Incomplete and Requires Resubmission  އަށް ބަދަލުކުރެވޭނެ ކަމަށެވެ.

ސްޓޫޑެންޑް ލޯން ސްކީމަށް މި އަހަރު ހުޅުވާލުމުން 500 ފުރުޞަތަކަށް 1300އެއްހާ ދަރިވަރުން ކުރިމަތިލާފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *